މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކަލެކްޝަން ސެންޓަރެއް ބ. އޭދަފުށީގައި މިއަދު ހުޅުވައިފިއެވެ.

މީރާގެ ހިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އޭދަ ފުށީގައި ހުޅުވި ކަލެކްޝަން ސެންޓަރުން، މާލެއެކޭ އެއްފަދައިން ހިދުމަތްތައް ލިބޭނެ ކަމަށް މީރާއިން ބުނެއެވެ.

އެގޮތުން ފައިސާ ބަލައިގަތުމާއި ބަޔާންތައް ބަލައިގަތުންފަދަ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް މީރާ އިން ބުނެއެވެ.

މީރާ އިން ބުނީ، އޭދަފުށީގައި ހުޅުވި ކަލެކްޝަން ސެންޓަރު މެދުވެރިކޮށް ޓެކުހާ ގުޅޭ މައުލޫމާތު ދިނުމާއި ހޭލުންތެރި ކުރުވުމުގެ ޕުރޮގްރާމްތައް ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ހިންގާނެ ކަމަށެވެ.

އޭދަފުށީގައި ހުޅުވި މީރާގެ ކަލެކްޝަން ސެންޓަރު ގާއިމު ކޮށްފައިވަނީ އެރަށުގެ ކުރީގެ އަތޮޅު ގޭގައެވެ.

މިހާތަނަށް އައި އިރު އައްޑު އަތޮޅާއި ކުޅުދުއްފުށީގައިވެސް ވަނީ މީރާގެ އޮފީސްތައް ގާއިމު ކޮށްފައެވެ.