ވަތަނިއްޔާ އިން ކުރިއަށްގެންދިޔަ "ބެސްޓް ޕްރީޕެއިޑް ގިވް އަވޭ" ޕްރޮމޯޝަންގައި މިދިޔަ މަހުގެ ނަސީބު ވެރިއަކަށް ހޮވުނު އދ. އޮމަދޫ ނޫރާނީގޭ، އަހުމަދު ނިމާލަށް ހައްޖު ދަތުރެއް ލިބިއްޖެ އެވެ.

ވަތަނިއްޔާ އިން ޖެނުއަރީ މަހުން ފެށިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަން މިދިޔަ މަހު ނިންމާލި އިރު ނަސީބު ވެރިއަކަށް ހޮވޭ ފަރާތަކަށް ދެ މީހަކަށް ދެވޭ ގޮތަށް ހައްޖު ދަތުރެއް ލިބެ އެވެ.

ވަތަނިއްޔާ އިން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ފެބްރުއަރީ މަހު އެއް ވަނަ އަށް ދިޔަ ފަރާތަށް ލިބިފައި ވަނީ ދެ ފަރާތަކަށް އުމްރާ ދަތުރެކެވެ. އަދި ޖެނުއަރީ މަހުގެ ޕްރޮމޯޝަންގައި 30 މީހަކަށް ލަންކާ ދެކޮޅު ޓިކެޓް ވަނީ ލިބިފަ އެވެ.