27 Dec 2015, 12:55
ޗެލްސީގެ ކޯޗްކަމާ ގޫސް ހިޑިންކް ހަވާލުވި ފަހުން އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން 2-2 ގެ ނަތީޖާ އަކުން ވެޓްފޯޑާއި އެއްވަރު ވެއްޖެއެވެ.
މޮރީނިއޯގެ ކޯޗް ކަމުގެ ދަށުން ދަށް ނަތީޖާ ތަކެއް ނެރުމުގެ ސަބަބުން އޭނާ ވަކިކޮށް ހިޑިންކްގެ ކޯޗްކަމުގެ ދަށުން އެ ޓީމު ރޭ ކުޅުނު މެޗު ކާމިޔާބު ކޮށް ވަނީ 19 ޕޮއިންޓާއި އެކު ލީގްގެ 15 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. އަދި ވެޓްފޯޑް އޮތީ 29 ޕޮއިންޓާއި އެކީ ހަތް ވަނާގައެވެ.
ޗެލްސީގެ ސްޓެމްފޯޑް ބުރިޖް ގައި ކުޅުނު އެ މެޗުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިވާ ވެޓްފޯޑްގެ ގޯލް 32 ވަނަ މިނެޓްގައި ހުޅުވާލަ ދިނީ ޗެލްސީގެ ޑިއެގޯ ކޯސްޓާ އެވެ.
ވެޓްފޯޑުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން 42 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާ އެއްވަރު ކޮށްފައެވެ. އ ޕެނަލްޓީ ގޯލް ތެރެއަަށް ފޮނުވާލަ ދިނީ ޓްރޯއީ ޑީނޭ އެވެ،
އެ މެޗުގައި ވެޓްފޯޑަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ 57 ވަނަ މިނެޓްގައި އޮޑިއަން އިގްހަލޯ އެވެ. ނަމަވެސް ލީޑްގައި އެ ޓީމަށް އޮވެވުނީ އަށް މިނެޓް ވަންދެނެވެ. ފުރަތަމަ ގޯލް ވެސް ޗެލްސީއަށް ކާމިޔާބު ކޮށްދިން ކޯސްޓާ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
އަދި ޗެލްސީއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދޭން ލިބުނު ޕެނަލްޓީ އޮސްކާ ވަނީ ބޭކާރު ކޮށްލާފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ހިޑިންކް ބުނީ މީގެ ކުރީގެ މެޗުތަކުގެ ނަތީޖާ ތަށް ޗެލްސީގެ ކުޅުންތެރިން ހަދާން ނައްތާލަން ޖެހޭ ކަމަށާއި އާފެށުމަކާއި އެކީ ހިއްވަރު ލައިގެން ކުރިއަށް ދާންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.