26 Dec 2015, 11:53
އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމް، އޭނާ އުފައްދާފައިވާ ކުލަބަށް ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ގެންދަން ބޭނުންވާ ކަމަށް ސްޕެއިން މީޑިއާތަކުކުން ބުނަން ފަށައިފި އެވެ.
އެމެރިކާގެ މޭޖަ ލީގް ސޮކާގައި އެލް އޭ ގެލެކްސީ އަށް ކުޅުން ހުއްޓާލުމަށް ފަހު ބެކަމް ވަނީ އިތުރު ތިން ވިޔަފާރި ވެރިއަކާ ގުޅިގެން މިދިޔަ އަހަރު ފުޓްބޯޅަ ޓީމެއް ރަޖިސްޓްރީކޮށް އެމެރިކާ ލީގުގައި ވާދަކުރުމަށް ތައްޔާރު ވަމުންނެވެ.
ޔޫރަޕްގެ ބޮޑެތި ކުލަބު ތަކަކަށް ކުޅުމަށް ފަހު 2003 ވަނަ އަހަރު ކުޅުން ހުއްޓާލާފައިވާ ބެކަމް އަންނަނީ ފުޓުބޯޅަ ކުރި އެރުވުމަށް ވަރަށް ގިނަ މަސަތްކަތް ތަކެއް ކުރަމުންނެވެ. އެ ގޮތުން އޭނާ އުފައްދާފައިވާ އެ ޓީމުގެ ސްޓޭޑިއަމްއެއް އަޅައި ނިންމައި ކުޅުންތެރިން ހޯދުމުގެ މަސަތަކަތް ފަށާފައިވާ އިރު ބެކަމް އަންނަނީ މަސްހޫރު ގިނަ ކުޅުންތެރިންތަކަކަށް ފާރަލަމުން ކަމަށް ސްޕެއިންގެ މީޑިއާތަކުގައި ރިޕޯޓް ކުރެ އެވެ.
އަންނަ އަހަރުގެ ސީޒަނުގައި އެމެރިކާގެ މޭޖާ ލީގް ސޮކާގައި ވާދަކުރުމަށް އެ ކްލަބުން ތައްޔާރު ވަމުން އަންނަ އިރު އެ ޓީމަށް ބެކަމް ގެންނަށް ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި އޭނާ އެންމެ ފަހުން ކުޅުނު ކްލަބު ކަމަށްވާ ޕްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އިބްރަހިމް އޮވިޗާއި އިންގްލޭންޑް ގެ ކެޕްޓަން ވޭން ރޫނީ އާއި ސްޕެއިންގެ ޕީކޭ ވެސް ހިމެނެ އެވެ.
ބާސެލޯނާ އެކު 2019 އާ ހަމައަށް އެކުލަބުގައި މަޑުކުރަން އެއްބަސްވެފައިވާ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޕީކޭ އަންނަނީ ބެކަމްއާ އެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެހެން ކަމުން އެމެރިކާ ލީގަށް ބަދަލުވާން އުޅޭ ވަހަކައާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެފައި ނުވާ ޕީކޭ ބަސާ ދޫކޮށް އެމެރިކާ ލީގަށް ބަދަލުވުމުގެ ފުރުސަތު ވަނީ ބޮޑު ވެފަ އެވެ.