26 Dec 2015, 09:22
ކުރީގެ މަޝްހޫރު ފިލްމީ ތަރި ސަދާނާ ޝިވްދަސާނީ މަރުވެއްޖެ އެވެ.
ސަދާނާ މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލުގަ އެވެ. އޭނާ މަރުވި އިރު އުމުރަކީ 74 އަހަރެވެ.
ހަބަރުތައް ބުނާ ގޮތުން ސަދާނާ ވަނީ ދިގު މުއްދަތެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދައިފަ އެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަސްތެރޭގައި އިމަޖެންސީ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.
މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ ސަދާނާ ވަނީ ފިލްމީ ދާއިރާގައި 20 އަހަރު ހޭދަކޮށްފަ އެވެ.
އޭނާގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ސިމްލާ، ޕަރާކް، ހަމް ދޯނޯ، ވަޤްތު ވޯ ކޯން ތީ، ފަދަ ފިލްމުތައް ހިމެނެ އެވެ.
ސަދާނާ ފިލްމީ ދުނިޔޭގެ އެންމެ އުހުގައި ފިޔަ ޖެހި ދުވަސްވަރު އޭނާގެ ހެއާ ސްޓައިލް އަކީ ގިނަ ބަޔަކަށް ކަމުދިޔަ ސްޓައިލެކެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ސަދާނާގެ އިސްތަށިގަނޑުގެ ސްޓައިލް ކޮޕީ ކޮށްފަ އެވެ.
ސަދާނާ ވަނީ 2002 ވަނަ އަހަރު އައިފާ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހާސިލު ކޮށްފަ އެވެ.