Live Blog: SAFF Suzuki Cup: FullTime: Sri Lanka 0 vs 2 India
Live Blog: SAFF Suzuki Cup: FullTime: Sri Lanka 0 vs 2 India

Last Updated:
10 year 11 month ago

ފަހު ހާފުގައި ރޮބިން ސިންގު ޖަހައިދިން ދެލަނޑުން ލަންކާ ބަލިކޮށް އިންޑިއާ ފެށުން ރަނގަޅުކޮށްފި

  • ޓްރިވެންޑްރަމުން އަހްމަދު މުޖްތަބާ، ޙުސައިން ހަބީބު
ބުލޮގު ޚުލާސާ

ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ގްރޫޕް 'އޭ'ގެ އިންޑިއާ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

Live Blog: SAFF Suzuki Cup: FullTime: Sri Lanka 0 vs 2 India
Live Blog: SAFF Suzuki Cup: FullTime: Sri Lanka 0 vs 2 India

20:03އަޙްމަދު މުޖްތަބާޓްރިވެންޑްރަމް

މެޗުގެ ފަހު ހާފުގައި ރޮބިން ސިންގު ޖަހައިދިން ދެ ލަނޑުން 2-0 އިން ސްރީ ލަންކާ ބަލިކޮށް، ސާފް ސުޒުކީ ކަޕްގައި އިންޑިއާގެ ފެށުން ރަނގަޅުކޮށްފިއެވެ.

ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި އިންޑިއާ ޓީމުން ވަނީ، ލަންކާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެހެން ނަމަވެސް، ލަންކާގެ ވަރުގަދަ ޑިފެންސްލައިން ފޫއަޅުވާލުމަށް އިންޑިއާ ޓީމަށް 52 މިނިޓް ހޭދަކުރާން ޖެހުނެވެ.

މިއަދުގެ މެޗަށް ލަންކާ ޓީމު ނުކުތްއިރު އެޓީމު ވަނީ، އެއް މެޗު ކުޅެފައެވެ. މި މުބާރާތުގައި ލަންކާ ކުޅުނު ފުރަތަމަ މެޗުން ނޭޕާލުއަތުން އެޓީމު ވަނީ، ހަމަ މިއަދު ކުޅުނު ފަދަ ޑިފެންސިވް ގޭމެއް ކުޅެ، މެޗުގެ ފަހު ވަގުތު ކައުންޓާ އެޓޭކްގައި ލަނޑެއް ކާމިޔާބުކޮށް 1-0 ލަނޑުން މޮޅުވެފައެވެ. އަދި މިއަދުގެ މެޗުން މޮޅުވި ނަމަ، ނުވަތަ އެއްވަރު ކޮށްލެވުނު ނަމަވެސް ލަންކާއަށް ދެވަނަބުރު ކަށަވަރު ކުރެވުނީހެވެ.

މިއަދުގެ މެޗުގައި ފެނިގެން ދިޔަ ފުރަތަމަ ހަމަލާ އައީ މެޗުގެ 6 ވަނަ މިނިޓްގައެވެ. ޕްރިތަމް ކޮޓަލް ލަންކާ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބޮލުން ޖަހައި ގޯލަށް ފޮނުވާލި ނަމަވެސް ލަންކާ ކީޕަރު ސުޖާން ޕެރޭރާ ވަނީ ހުޝިޔާރުކަމާއެކު އެ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފައެވެ.

އިންޑިއާގެ ޑެލީ ޑައިނަމޯސްއަށް ކުޅޭ ފޯވާޑް ރޮބިންއާއި ޖޭޖޭ ލާލްޕެކްލުއާ ކުރިއަށް ލައިގެން ޗެތުރީއާއި ސަންޖޫ ޕްރަދާން ދެފަރާތުން އެހީތެރިވުމަށް ބައިތިއްބައިގެން އިންޑިއާ ޓީމުން ލަންކާ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފުރަތަމަ ހާފުގައި ވެސް އުފެއްދިއެވެ.

މެޗުގެ ފުރަތަމަ ލަނޑު ރޮބިން ކާމިޔާބުކުރީ 52 ވަނަ މިނިޓްގައެވެ. އޭނާ އެ ލަނޑު ޖެހީ ޗެތުރީ ވަރަށް ރީތިކޯށް ތަނަވަސް ކޮށްދިން ބޯޅައެއް ވާތުފައިން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ. ރޮބިން އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 75 ވަނަ މިނިޓްގައެވެ. ޗެތުރީ ބޮލުންޖަހައި ރޮބިންއަށް ދިން ބޯޅަ ޕެނަލްޓީ އޭރިޔާ ތެރޭހުރެ ގޯލަށް ފޮނުވާލުމުން އެ ބޯޅަ ގޯލްތެރެއަށް ވަނީ، ލަންކާގެ ޑިފެންޑަރަކު ބޯޅަ ކްލިއާ ކުރަން މަސަައްކަތްކުރަނިކޮށް އޭނާގެ ފައިގައި ޖެހިފައެވެ.

މެޗު ނިމެން ދަނިކޮށްވެސް އިންޑިއާ ޓީމުން ވަނީ، ނަތީޖާ އިތުރަށް ފުޅާކުރާނޭ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެން ނަމަވެސް، ލަންކާގެ ޑިފެންޑަރުންގެ ބުރަ މަސައްކަތުން ވަނީ އިންޑިއާ އިތުރު ލަނޑެއް ކާމިޔާބުކުރިޔަ ނުދީ ހިފަހައްޓައިފައެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއް ވަނައިގައި މިހާރު އޮތީ 3 ޕޮއިންޓް ފައިދާ ގޯލާއެކު އިންޑިއާ އެވެ. އަދި 3 ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނައިގައި ލަންކާ އޮތްއިރު، ނޭޕާލް އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ.

މި މުބާރާތުގައި އިންޑިއާ ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ކުޅޭނީ ނޭޕާލާ ދެކޮޅަށެވެ. ގްރޫޕް އޭއިން ސެމީއަށް ދާ ދެޓީމެއް ކަށަވަރުވާނީ އެ މެޗުގެ ނަތީޖާއިންނެވެ.

19:51

މެޗު ނިމިއްޖެ.

19:47

މެޗުގެ ފުރިހަމަ ވަގުތު ހަމަވެއްޖެ. އިތުރު ވަގުތުގެ ގޮތުގައި 4 މިނިޓް ދައްކައިފި.

19:44

ލަންކާ ހާފްގެ މެދެއްހާ ހިސާބުން ބޯޅަ ހޯދައިގެން ޕެނަލްޓީއޭރިޔާ ތެރެއަށް ޗަންޓޭ ވަރަށް ރީތިކޮށް ފޮނުވާލި ބޯޅަ ޗެތުރީއަށް ފޮނުވާލެވޭ ގޮތެއް ނުވި.

19:42

ލަންކާ ޓީމުން ބަދަލެއް. ޖޮހަރް މުހައްމަދު ރަޒްވާންގެ ބަދަލުގައި ކުޅެން އެރީ، އެސް ގްނަނަރުބާން.

19:41

ލަންކާގެ ކަވިންދު އިޝާން އިންޑިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން ގޯލަށް ބޯޅަ ފޮނުވާލެވޭތޯ މަސައްކަތްކުރި. އެހެން ނަމަވެސް އޭނާއަށް އެ ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި.

19:37

ލަންކާ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށްލެވޭތޯ ޗެތްރީ މަސައްކަތްކުރި. އެހެން ނަމަވެސް ބޯޅަ ދިޔައީ ސީދާ، ގޯލްކީޕަރުގެ އަތަށް.

19:36

އިންޑިއާ ޓީމުން މިދަނީ ފުލުފުލުގައި ލަންކާ ގޯލަށް ނުރައްކާކުރަމުން.

19:34

އިންޑިއާ ޓީމުން މިވަނީ ބަދަލެއް ގެނެސްފައި. ބަދަލުކުރީ މިއަދު އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން ރޮބިން ސިންގ. އޭނާގެ ބަދަލުގައި ކުޅެން އެރީ ލައްލިއަންޒޫލާ ޗަންޓޭ.

19:31

ލަންކާގެ ޑިފެންޑަރުން ކައިރިން ބޯޅަ ކަޓުވާލާފައި ރޮބިން އޭރިޔާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވަނީ، ލަންކާ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި.

19:30

އިންޑިއާ ދެވަނަ ލަނޑު ޖަހައިފި. މިފަހަރުވެސް ލަނޑު ކާމިޔާބުކޮށްދިނީ ރޮބިން ސިންގ

19:27

ލަންކާގެ މަދުޝާން ޑިސިލްވާއާށް އަނިޔާވުމުގެ ސަބަބުން އޭނާގެ ބަދަލުގައި މިޑްފީލްޑަރު އެލްއެޗް ކަވިންޑު އިޝާން ކުޅެން އަރައިފި.

19:27

އިންޑިއާއަށް ލިބުނު ކޯނަރަކުން ލަންކާގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޕެނަލްޓީ އޭރިޔާގެ ބޭރުގައި ހުރި ޗެތުރީއަށް ލިބުމުން ވަރަށް ބާރަށް ގޯލަށް ފޮނުވާލި. އެހެން ނަމަވެސް އެ ބޯޅަ ކީޕަރު އަތުގައި ޖެހިފައި އަނެއްކާވެސް ކޯނަރަކަށް ބޭރު.

19:11

ދެވަނަ ހާފްގެ ކުޅުން ފެށިއިރު އިންޑިއާ ޓީމުން ވަނީ ބަދަލެއް ގެނެސްފައި. އެގޮތުން ޕްރޮނޭ ހަލްދާރުގެ ބަދަލުގައި ކުޅެން އެރީ ރޯވްލިން ބޯޖަަސް.

19:07

އިންޑިއާ ލަނޑު ޖަހައިފި. ލަނޑު ޖެހީ ރޮބިންގ ސިންގު.

ސާފް ސުޒުކީ ކަޕްގައި ސްރީލަންކާއާ ދެކޮޅަށް އިންޑިއާ ކުޅޭ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސާފް ސުޒުކީ ކަޕްގައި ސްރީލަންކާއާ ދެކޮޅަށް އިންޑިއާ ކުޅޭ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސާފް ސުޒުކީ ކަޕްގައި ސްރީލަންކާއާ ދެކޮޅަށް އިންޑިއާ ކުޅޭ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
19:06

އިންޑިއާއަށް ކޯނަރެއް.

19:04

ދެވަނަ ހާފްގެ ކުޅުން ފަށައިފި.

18:47

ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.

18:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެގޮތުގައި 2 މިނިޓް ކުޅުން ދައްކައިފި.

18:38

މެޗުގެ މިހާތަނަށް އައިރު އިންޑިއާ ޓީމުން މިވަނީ ލަންކާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައި. އެހެން ނަމަވެސް އަދިވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް ނުވޭ.

ސާފް ސުޒުކީ ކަޕްގައި ސްރީލަންކާއާ ދެކޮޅަށް އިންޑިއާ ކުޅޭ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
ސާފް ސުޒުކީ ކަޕްގައި ސްރީލަންކާއާ ދެކޮޅަށް އިންޑިއާ ކުޅޭ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
ސާފް ސުޒުކީ ކަޕްގައި ސްރީލަންކާއާ ދެކޮޅަށް އިންޑިއާ ކުޅޭ މެޗުގައި، އިންޑިއާގެ ސަޕޯޓަރުން-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
18:36

ލަންކާ ޕެނަލްޓީ އޭރިޔާ ތެރޭން އެޓީމުގެ ދެ ކުޅުންތެރީން ކައިރިން ބޯޅަ ކަޓުވާލާފައި ޗެޓްރީ ވަރަށް ބާރަށް ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ލަންކާ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރު.

18:32

އިންޑިއާއިން ލަންކާ ގޯލަށް ނުރައްކާތެރި ހަމަލާއެއް. ލަންކާ ޕެނަލްޓީ އެރިޔާތެރެއަށް އިންޑިއާ ޓީމުގެ ކުޅުންތެރިކު ހުރަސްކޮށްލި ބޯޅަ ޖޭޖޭ ބޮލުން ޖަހައި ވަރަށް ރީތިކޮށް ގޯލަށް ފޮނުވާލި. އެހެން ނަމަވެސް ލަންކާ ކީޕަރު ސުޖާން ޕެރޭޜާ އަތުން ޖަހައި ހުރަސް ދަނޑިމަތިން ކޯނަރަކަށް ބޯޅަ ބޭރުވީ.

18:30

ލަންކާ ކުޅުންތެރީން އިންޑިއާ ގޯލަށް ހަމަލާއެއް އުފެއްދޭތޯ ކުރި މަސައްކަތް ކާމިޔާބެއް ނުވި. އިންޑިއާގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ލަންކާ ޓީމުގެ ކުޅުންތެރިއަކު ނަގައިދިން ހުރަސް ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނީ އެޑިސަން ފިގުރާޑޯއަށް އެހެން ނަމަވެސް އޭނާ ފޮނުވާލި ބޯޅަ މާ މަތިން ބޭރަށް.

18:22

އިންޑިއާއަށް އަނެއްކާ ވެސް ކޯނަރެއް.

18:17

އިންޑިއާއިން މަސައްކަތްކުރަމުން ދަނީ، ލަންކާ ޕެނަލްޓީ އޭރިޔާގެ އަރިމަތީން ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށްގެން، ޗެތްރީ، ރޮބިން އަދި ޖޭޖޭ ލައްވައި ލަންކާ ގޯލަށް ހަމަލާ އުފެއްދުމަށް.

18:15

ލަންކާ ޓީމު މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލު އަތުން 1-0 އިން މޮޅުވެފައި ވަނީވެސް ޑިފެންސިވް ގޭމެއް ކުޅެ، އެ މެޗުގެ ފަހު ވަގުތުގައި ކައުންޓާގައި އުފެއްދި ހަމަލާއެއްގައި ލަނޑެއް ޖަހައިގެން.

18:13

އިިންޑިއާއިން އެޓޭކިން ގޭމެއް ކުޅެމުންދާއިރު ލަންކާ ޓީމުން ދަނީ ބޮޑަށް ޑިފެންސިވްކޮށް ކުޅެމުން. އަދި ރަނގަޅު ކައުންޓާއެއް އުފެއްދޭތޯ މަސައްކަތްކުރަމުން.

18:09

އިންޑިއާ ޓީމުން ނުރައްކާތެރި ހަމަލާއެއް. ލަންކާ ހާފްގެ މެދެއްހާ ހިސާބުން ބޯޅަ ހޯދައިގެން ޖޭޖޭ އެޓީމުގެ ޑިފެންޑަރުން ބީޓްކޮށްފައި ބޯޅަހިފައިގެން ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު މަތަކުރީ.

18:06

އިންޑިއާގެ ކުޅުންތެރިއަކު ވަރަށް ރީތިކޮށް ލަންކާގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޗެތުރީ ބޮލުން ޖަހައި ގޯލަށް ފޮނުވާލިނަމަވެސް ލަންކާ ކީޕަރުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

18:05

އިންޑިއާއަށް ކޯނަރެއް.

18:03

ސުނިލް ޗެޓްރީ ލިންގްޑޯއަށް ޖައްސާލި ބޯޅަ އޭނާއަށް ގޯލަށް ފޮނުވާލެވޭގޮތެއް ނުވި.

18:03

ލަންކާ ޕެނަލްޓީ އޭރިޔާގެ އަރިމަތިން އިންޑިއާއަށް ހިލޭ ޖެހުމެއް.

18:00

މެޗު ފަށައިފި.

17:59

މެޗު ފަށަން ދެޓީމުގެ ކުޅުންތެރީން ތައްޔާރު ވެއްޖެ.

17:54

ދެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.

17:51

މިދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ، 2011 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި. 2011 ޑިސެމްބަރު 7 ގައި ދިއްލީގެ ޖަވާހިރު ލާލް ނެހެރޫ ސްޓޭޑިއަމްގައި ކުޅުން އެ މެޗުން އިންޑިއާ ވަނީ 3-0 އިން ލަންކާ ބަލިކޮށްފައި.

17:35

އިންޑިއާ ޓީމުގެ ފުރަތަމަ 11:

  • އޮގަސްޓިން އެމް ފެނާންޑެސް (ޑިފެންސް)

  • އަރްނަބް ކުމާރު މޮންޑަލް (ޑިފެންްސް)
  • ޔޫޖެނެސަން ލިންގްޑޯ (މިޑްފީލްޑް)
  • ރޮބިންސަން ސިންގް (ފޯވާޑް)
  • ސުނިލް ޗެޓްރީ (ފޯވާޑް) -ކެޕްޓަން-
  • ޖޭޖޭ ލާލްޕެކްލުއާ (ފޯވާޑް)
  • ޕްރޮނޭ ހަލްދަރު (މިޑްފީލްޑް)
  • ޕްރިތަމް ކޯޓަލް (ޑިފެންސް)
  • ނަރަޔަން ދާސް (ޑިފެންސް)
  • ގުރުޕްރީތް ސިންގު ސަންދޫ (ގޯލް ކީޕަރު)
  • ސަންޖޫ ޕްރަދާން (މިޑްފީލްޑަރު)
17:29

ސްރީ ލަންކާ ޓީމުގެ ފުރަތަމަ 11:

  • ޗަލަނާ ޗަމީރާ (ޑިފެންސް)

  • އެޗް.ޑީ.ޑަބްލިޔު ހެޓިއަރައްޗީ (ޑިފެންސް)
  • ޖޯހަރު މުހައްމަދު ޒަރުވާން (ފޯވާޑް)
  • އެމް.އޭ. އަސިކޫރު ރަހްމާން (ޑިފެންސް)
  • އެލް.އޭ.އެން.ޑީ ބަންޑަރަ (މިޑްފީލްޑް)
  • އީ.އޭސީ ސަންޖީވާ (މިޑްފީލްޑް)
  • ޕީއޭޑީ ސުބާޝް މަދުޝާން (ޑިފެންސް)
  • ޑަބްލިއުއެސްޓީ ޑޮން ސޫޖަން ޕެރޭރާ (ގޯލް ކީޕަރު) -ކެޕްޓަން-
  • އެޗްޑީ މަދުޝަން ޑި ސިލްވާ (މިޑްފީލްޑް)
  • ވީއާރްޖޭ އެޑިސަން ފިގްރާޑޯ (މިޑްފީލްޑް)
  • ކޭޑަބްލިއުއެސް ޑަނުޝްކާ ވިޖެސިރީ (މިޑްފީލްޑް)
00:00

އިންޑިއާއަށް ލިބުނު ކޯނަރަކުން ލަންކާގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޕެނަލްޓީ އޭރިޔާގެ ބޭރުގައި ހުރި ޗެތުރީއަށް ލިބުމުން ވަރަށް ބާރަށް ގޯލަށް ފޮނުވާލި. އެހެން ނަމަވެސް އެ ބޯޅަ ކީޕަރު އަތުގައި ޖެހިފައި އަނެއްކާވެސް ކޯނަރަކަށް ބޭރު.