25 Dec 2015, 11:25
ޓްރިވެންޑްރަމް، އިންޑިއާ (25 ޑިސެމްބަރު 2015)- ނޭޕާލާ ދެކޮޅަށް ލަންކާއިން ކުޅުނު ޑިފެންސިވް ގޭމަށް، މިއަދު އިންޑިއާއާ ދެކޮޅަށް ނިކުންނައިރު ތަފާތެއް ގެންނާނެ ކަމަށް ސްރީލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ސަމްޕަތު ޕެރޭރާ ބުނެފި އެވެ.
ނޭޕާލާ ދެކޮޅަށް ލަންކާއިން ކުޅުނު ޑިފެންސިވް ގޭމުގައި އެޓީމު މޮޅުވީ މެޗްގެ 90 މިނެޓް ކުޅުން ހަމަވެ އިތުރު ވަގުތުގެ އެންމެ ފަހު ވަގުތު ކޮޅުގައި މުޙައްމަދު ރިފްނަސް ކާމިޔާބު ކުރި ލަނޑުންނެވެ.
އެހެންވެ މިއަދުގެ މެޗު އިންޑިއާ އަތުން މޮޅުވެއްޖެނަމަ ލަންކާއަށް ސެމީފައިނަލުގެ ޖާގައެއް ކަށަވަރު ވާނެއެވެ.
ސަރަހައްދުގެ ފުޓްބޯޅައިގައި ކުރިން އެންމެ ވާދަވެރިކޮށް އޮތް ދެގައުމު ބައްދަލު ކުރާއިރު އިންޑިއާގެ ކޯޗް ސްޓެފަން ކޮންސްޓެޓެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ލަންކާ ޑިފެންސުކޮށް ކުޅެ ކައުންޓަ އެޓޭކުގައި އުފައްދާ ނުރާއްކާތެރި ހަމަލާއާ މެދުއެވެ.
މިއަދުގެ މެޗްގައި ތަފާތެއް ފެންނާނެ ކަމަށް ލަންކާ ކޯޗް އިޝާރާތް ކުރި ނަމަވެސް އެކަމުގެ ތަފުސީލެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.