ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ކްރިސްމަސް ފާހަގަ ނުކުރަން ގެސްޓްހައުސްތަކަށް އަންގަން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް އަންގައިފި އެވެ.

އެލްޖީއޭ އިން މިއަދު ބުނީ "ކްރިސްމަސް ފާހަގަ ކުރުމަށް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތެއް ނުހިންގުމަށް ގެސްޓްހައުސްތަކަށް އެންގުމަށް ސިޓީއަކުން ކައުންސިލްތަކުގައި ދަންނަވާފައިވާނެ" ކަމަށެވެ.

އެލްޖީއޭ އިން ކައުންސިލްތަކަށް ފޮނުވި ސިޓީ އަދި ނުލިބޭތީ، އެ އޮތޯރިޓީން ކައުންސިލްތަކަށް އެންގި އެންގުމުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

ނަސާރާއިންގެ އެންމެ ބޮޑު އީދުކަމަށްވާ ކްރިމަސް ފާހަގަ ކުރުމަށް ރާއްޖޭގެ ރިސޯޓްތަކުގައި ކޮންމެ އަހަރަކު ބޮޑު ހޭދައެއް ކޮށް، ބޮޑެތި ތައްޔާރީތައްވެ އެވެ. އެނގިފައިވާ ގޮތުގައި ކްރިމަސް ފާހަގަ ކުރުމަށް ބައެއް ގެސްޓްހައުސްތަކުން ވަނީ ދުރާލައި، ތަކެތި ގެނެސް ތައްޔާރީތައް ވެފަ އެވެ.