"ދަ ހަންގަ ގޭމްސް" ފްރެންޗައިޒްގެ އެންމެ ފަހުބައި ކަމަށްވާ "މޮކިންޖޭ: ޕާޓް 2" އިން ވަނީ މިހާތަނަށް 600 މިލިއަން ޑޮލަރުގެ ކާމިޔާބީއެއް ހޯދައި ސިއްރު ސިއްރުން ހިޓަކަށް ވެއްޖެ އެވެ.

ހުރިިހާ މުނިފޫހި ފިލުވުމުގެ ހެޑްލައިންތަކެއްގައި މިދުވަސްކޮޅު އަޑު އިވެމުންދާނީ ސައިފައި ފްރެންޗައިޒް "ސްޓާ ވޯޒް"ގެ ހަތްވަނަ ފިލްމު ކަމަށްވާ "ދަ ފޯސް އެވޭކެންސް" އެވެ.

އެހެން ކަމުން އެފަދަ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފިލްމަކާ އެއް ދުވަސްވަރެއްގައި ހަންގަ ގޭމްސް އެޅުވުމަކީ ނުރައްކާތެރި ކަމެއް ކަމަށް ޑައިރެކްޓަރުންނާއި އެހެން ހުރިހާ ފަރާތްތަކަށް ވެސް އެނގެ އެވެ.

ނަމަވެސް ހަންގާ ގޭމްސްގެ ނިމުމަށް އިންތިޒާރު ކުރަމުން އައި ފަރާތްތައް ވެސް މަދު ނޫން ކަމަށް ބޮކްސް އޮފީހުގެ އާމްދަނީ އިން އެނގެ އެވެ.

އެގޮތުން މޮކިންޖޭގެ ދެވަނަ ބައި ވަނީ އެމެރިކާގެ ބޮކްސް އޮފީހުގައި 257.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ. އަދި ދުނިޔޭގެ ބޮކްސް އޮފީސްތަކުން ޖުމްލަ 343.6 މިލިއަން ޑޮލަރު ވަނީ އެ ފިލްމު މިހާތަނަށް ހޯދައިފަ އެވެ.

ސްޓާވޯޒް އާ އެއް ދުވަސްވަރެއްގައި ހަންގަ ގޭމްސް އެޅުވުމާ ގުޅިގެން އެ ފިލްމަކީ ފްލޮޕްވާނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. ނަމަވެސް މީޑިއާތަކުގައި އަޑު މަޑުކޮށް ދިޔަ އެ ފިލްމު ވަނީ ރަނގަޅު ކާމިޔާބީއެއް ހޯދައި ނިންމާލައިފަ އެވެ.

އެހެން ނަމަވެސް އެ ފިލްމަކީ ހަންގަ ގޭމްސް ފްރެންޗައިޒްގެ އެންމެ ދަށުން އާމްދަނީ ލިބުނު ފިލްމެވެ. ހަންގަ ގޭމްގް 2012 ވަނަ އަހަރު ފުރަތަމަ އަހަރު ފެށި އިރު އެ އަހަރު ވަނީ 694 އެމެރިކާ ޑޮލަރުގެ ކާމިޔާބީއެއް ހޯދައިފަ އެވެ.

ހަންގަ ގޭމްސް ފްރެންޗައިޒްގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ ދެވަނަ ފިލްމު ކަމަށް "ކެޗިން ފަޔާ" އެވެ. އެ ފިލްމަށް ވަނީ 865 މިލިއަން ޑޮލަރުގެ ޖުމްލަ އާމްދަނީއެއް ލިބިފަ އެވެ. އަދި މިދިޔަ އަހަރު ނެރުނު "ކެޗިން ފަޔާ: ޕާޓް 1" އަށް ވަނީ 755 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.