ރީތިރަށް ރިސޯޓު ކައިރިން މިއަދު ހެނދުނު ދަތުރު ކުރި ލޯންޗެއްގައި ރޯވެ އަނދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޯންޗެއްގައި ރޯވެގެން މިއަދު 7:55 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުން ލޯންޗުގައި ރޯވި ވަގުތު އޭގެ ދަތުރު ކުރި ތިން މީހުން ވަނީ މޫދަށް ފުންމާލައިފަ އެވެ.

އަދި އެސަރަހައްދުން އެވަގުތު ދަތުރު ކުރި ދޯންޏަކަށް މީހުން ނަގާފައިވާ އިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން ވަނީ އެނގިފަ އެވެ.

މި އަހަރު ތެރޭގައި ވަނީ މީގެ ކުރިން ވެސް ވަނީ ދުއްވަމުން ދިޔަ ލޯންޗެއްގައި ރޯވެ އަނދައިފަ އެވެ. އޭރު ރޯވީ ސުވެނިއާ ލޯންޗެއްގަ އެވެ.

ފުލުހުން ބުނީ މިއަދު ރޯވީ ކޮންތަނެއްގެ ލޯންޗެއްގައި ކަން ނޭނގޭ ކަމަށާއި ހާދިސާ ތަހުގީގުކުރަމުން ދާ ކަމަށެވެ.