ޓްރިވެންޑްރަމުން ހުސައިން ހަބީބު

"މީ ކޮން ބައެއް؟" "މިއީ ކީއްކުރާ ބައެއް؟" "ކޮންދުވަހަކު ފެށޭ މުބާރާތެއް؟" "ކޮންތާކު އޮތް މުބާރާތެއް؟" މިއީ ޓްރިވެންޑްރަމް މީހުން ކުރާ ސުވާލެ އެވެ. އެ މީހުންނަށް މި މުބާރާތް މިއަދު ފަށާ ކަމެއް ވެސް ނޭނގެ އެވެ. ދިވެހި ގައުމީ ފުޓްބޯޅަ ޓީމާއި ޓީމާއެކު ދިވެހި ނޫސްވެރިން ޓްރިވެންޓްރަމަށް އައުމުން އެއާޕޯޓްގެ އޮފިސަރުން ވެސް ކުރީ އެ ސުވާލެވެ.

މިއީ މި ސިޓީގައި މިއަދު ފަށާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ވާހަކައެވެ. ނަަމަވެސް އެ މުބާރާތެއް ޓްރެވެންޑްރަމްގައި ބާއްވާ ކަމެއް ކިހިނެއްވާ ކަމެއް ކަމެއް ވެސް މި ސިޓީގެ ޒިންމާދާރު ބައެއް އިސްމަގާމުތަކުގައި ތިބި މީހުންނަކަށް ނޭނގެ އެވެ.

އިންޑިއާއަކީ ސާފް ސަރަހައްދުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ބާރެވެ. ނަމަވެސް އިންޑިއާގައި ފޫޓްބޯޅައިގެ ފޯރި ނެތްކަން މިފަދަ އެންމެ ބޮޑު މުބާރާތަކުން ވެސް ފާހަގަ ކުރެވެ އެވެ.

ޓްރެވެންޑްރަމްގައި އުޅޭ މީހުންގެ މެދުގައި މި މުބާރާތުގެ ފޯރި ހިއްޕުމަށް އެއްވެސް ހަރަކާތެއް ހިންގާފައެއް ނުވެ އެވެ. މިއީ މުބާރަތުގެ ފޯރި ކުޑަ ވާނެ ކަމެކެވެ. އެންމެ ހެއްވާ ކަމަކީ އިންޑިއާ މި މުބަރަތުގައި ކުޅޭ ކަމެއް ވެސް ބައެއް މީހުންނަށް ނޭނގޭ ކަމެވެ.

ޓްރެވެންޑުރަމުގައި ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތައް ވެފައިވާ ތައްޔާރީތަކާ އިންތިޒާމުތަކާ މެދު ހުދު އިންޑިއާ ކޯޗް ސްޓެފަން ކޮންސްޓެއިންޓެންވެސް ވަނީ ފާޑު ކިޔާފައެވެ.

މުބާރާތުގެ ފޯރި ހިއްޕުން ދިވެހިންގެ އަތް މަތީގައި

ޓްރެވެންޑްރަމަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ ސިޓީ އެވެ. މުބާރާތައް ޓްރެވެންޑްރަމްގައި އުޅޭ ދިވެހިންގެ މެދުގައި އޮތް ފޯރި ފެނިގެން ދިޔައީ ޓީމު ޓްރެވެންޑްރަމް އެއާޕޯޓަށް އައުމުން ދިވެހިންގެ ފަރާތުން ޓީމަށް ކީ ހޫނު މަރުހަބާއިންނެވެ.

ދިވެހި ކުޅެ މެޗްތައް ވެގެންދާނީ ނިސްބަތުން އެންމެ ގިނަ ސަޕޯޓަރުން ވަންނަ ޓީމުގެ ގޮތުގައެވެ. ދިމާވި ކޮންމެ ދިވެއްސެއްގެ ސުވާލަކީ ޓީކެޓް ލިބޭނެ އިންތިޒާމުގެ ވާހަކައެވެ.

އެކަންތައްތަކުން ދިވެހިންގެ މެދުގައި ދިވެހި ޓީމަށް އޮތް ލޯއްބާއި ސަޕޯޓް ހާމަވެގެންދެ އެވެ. މުބާރަތުގެ ފޯރި ކިރިޔާ ވެސް ފެނިގެންދާނީ ދިވެހިންގެ ފަރާތުން ކަމަށް ބެލުމަކީ ރަނގަޅު ފާލެކެވެ.