ނަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ދެރިޔާ" ގެ ސަޕޯޓިންގް އެކްޓްރެސް، ހައްވާ ރިޔާޒާ މަރުވެއްޖެ އެވެ.

އޭނާ މަރުވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭގެ ވަގުތެއްގައި ސްރީލަންކާގެ އާސީރީ ހޮސްޕިޓަލުގައެވެ.

ދެރިޔާގައި އޭނާ ފެނިގެންގޮސްފައި ވަނީ އެ ފިލްމުގެ ބަތަލާ، ހައްވާ ޒާހިރާގެ ގާތް ރަހުމަތްތެރިއެއްގެ ރޯލުންނެވެ. އެ ފިލްމުގައި އޭނާ އަކީ ލޯބީގައި އަނިޔާ ލިބިފައިވާ ޒުވާން އަންހެން ކުއްޖެކެވެ.

ހައްވަ އަކީ މޮޅު އެކްޓަރެއްގެ އިތުރުން ލަވަކިޔުންތެރިއެއްވެސް މެއެެވެ. އޭނާ ވަނީ ލަވަކިޔުމުގެ ދާއިރާއިންވެސް ރަންވަނަ ތަކެއް ހާސިލް ކޮށްފައެވެ.

ހައްވަ ވަނީ މީގެ ކުރިން މާލޭގެ ބައެއް ސުކޫލް ތަކުގައި ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.