22 Dec 2015, 14:44
ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ހާން އާއި އަރްޖުން ކަޕޫރު ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ ފިލްމު، "ކީ އެންޑް ކާ" އަންނަ އޭޕްރިލް މަހު އެއް ވަނަ ދުވަހު ރިލީޒް ކުރަން ނިންމައިފި އެވެ.
ފިލްމު ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ތަރަން އަދާޝް ވަނީ އޭނާގެ ޓްވިޓާ އެކައުންޓު މެދުވެރިކޮށް އެކަން އިއުލާން ކޮށްފަ އެވެ.
އެ ފިލްމަކީ މަޖާ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ކަރީނާ އާއި އަރްޖުންގެ އިތުރުން ބޮލީވުޑްގެ މެގް ސްޓާ އަމީތާބު ބައްޗަން އާއި އޭނާ ގެ އަންހެނުން ޖާޔާ ބައްޗަން ވެސް އެ ފިލްމުން ފެނިގެން ދާނެ އެވެ.
ޒުވާން ދެމަފިރިންގެ ގޮތުގައި ކަރީނާ އާއި އަރްޖުން ފެނިގެންދާ އެ ފިލްމު ޑައިރެކްޓް ކުރީ މަޝްހޫރު ޑައިރެކްޓަރު އާރް ބަލަކްރިޝްނަން އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކަރީނާ، އެންމެ ފަހުން ސަލްމާން އާއެކު ކުޅުނު ބަޖްރަންގީ ބައިޖާން އަށްވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.
ދެހާސް ބާރަ ވަނަ އަހަރު ފިލްމީ ދާއިރާ އަށް ތައާރަފުވި އަރްޖުން ކަޕޫރުވެސް ވަނީ މިހާތަނަށް އައި އިރު ކާމިޔާބު ފިލްމުތަކެއް ވަނީ ކުޅެފައެވެ.