ފްރިކުއެންސީއަށް ދައްކަންޖެހޭ އަހަރީ ފީ ދައްކާފައި ނުވާތީ ދެ ބްރޯޑްކާސްޓަރަކަށް އަހަރީ ފީ އާއި ޖޫރިމަނާ ދެއްކުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި އަހަރީ ފީ ދެއްކުމަށް އަންގާ ސިޓީ ފޮނުވާފައި ވަނީ އެޓޯލް ވޭވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށާއި، އެޓޯލް އިންވެސްޓްމަންޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.

ރޭޑީއޯ އެޓޯލް އަދި އެޓޯލް ޓީވީ ހިންގާ ދެ ކުންފުންޏަށް ވަނީ އަންނަ މާޗު މަހުގެ ނިޔަލަށް އަހަރީ ފީ އާއި ޖޫރިމަނާ ދެއްކުމަށް އަންގާފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ފީ ނުދައްކައިފިނަމަ ދެ ކުންފުންޏަށް ދޫކޮށްފައިވާ ފްރިކުއެންސީ ބާތިލް ކުރާނެކަން ވެސް ވަނީ އަންގާފައެވެ.