މާދަމާއިން ފެށިގެން އަންނަ މަހުގެ ތިނަކަށް އިންޑިއާގެ ޓްރިވެންޓްރަމްގައި ބާއްވާ ސާފު ސުޒުކީ ކަޕުގައި ރާއްޖޭގެ ގައުމީ ޓީމުން ބައިވެރިވާ 20 ކުޅުންތެރިންގެ ސުކޮޑު އިއުލާންކޮށްފި އެވެ.

  • އަހުމަދު އިމާޒް (އާއްކޮ)

  • އަހުމަދު ނާޝިދު (ނާއްޓޭ)
  • އަމްދާން އަލީ (އެންޑީ)
  • އަސަދުﷲ އަބްދުﷲ (އަސައްކޮ)
  • އިމްރާން މުހައްމަދު
  • ސަމްދޫހް މުހައްމަދު
  • މުހައްމަދު ފައިސަލް
  • އަންސަރު އިބްރާހިމް (އަންކޮ)
  • އިސްމާއިލް އީސާ (މެސީ)
  • އަހުމަދު ޝާފިއު
  • އަހުމަދު އަބްދުﷲ (ލިލީ)
  • އަސްހަދު އަލީ (އަޑޭ)
  • އަލީ ފާސިރު (ސެންޓޭ)
  • މުހައްމަދު ހަމްޒާ (ހަމްޕު)
  • ނާއިޒް ހަސަން (ދާދު)
  • މުހައްމަދު އިމްރާން (ކުޑަ އިމްރާން)
  • އިބްރާހިމް އަބްދުﷲ (އިއްބެ)
  • ސަމޫހު އަލީ (ސަމުއްޓޭ)
  • އަލީ އަޝްފާގް (ދަގަނޑޭ)
  • އަހައްމަދު އާރިފް (ބަކާ)

ބާކީ ކުރި ކުޅުންތެރިން:

  • ހަސަން ޝިފާޒް (ޑުންގާ)،

  • އިބްރާހިމް ހަސީބް
  • މުހައްމަދު ސާއިފް،
  • މުހައްމަދު އިރުފާން،
  • މޫސާ ޔާމީން.
  • އަހުމަދު ނޫމާން،
  • އަހުމަދު ރިޒްވާން،
  • ޔަޝްފާދު ހަބީބް،
  • މުޖުތާޒް މުހައްމަދު.
  • އިބްރާހިމް އިފްރާހު އަރީފް،

ޓީމު އިއުލާން ކުރުމަށް އެފްއޭއެމްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލު ޖަލީލު ވިދާޅުވީ މިފަހަރަކީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އެންމެ ބޮޑު ޗެލެންޖެއް ކޯޗަށް ދިމާވި ފަހަރު ކަމަށެވެ.

ބައްސާމު ވިދާޅުވީ މުބާރާތައް ތައްޔާރުވުމަށް އެކުލަވާލި ސުކޮޑަށް ނެގި 29 ކުޅުންތެރިންގެ ތެރެއިން ފައިނަލް ސްކޮޑުގައި ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައިވުމަކީ ފާހަގަ ކުރަންޖެހޭ ކަމެއް ކަމެއް ކަމަށެވެ.

ޓީމުގެ ސްކޮޑާ ބެހޭ ގޮތުން އެފްއޭއެމްގެ ވެބްސައިޓަށް ކޯޗު ރިކީ ހަބަޓް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައި ވަނީ އެކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށާއި އެކުޅުންތެރިންގެ ކިބައިން މަދުވަނީ ބައިނަލް އަގްވާމީ ތަޖުރިބާކަމަށް ކޯޗު ފާހަގަ ކުރިއެވެ.

އަދި އެކުޅުންތެރިންނަށް ބައިނަލްއަގުވާމީ ތަޖުރިބާ ހޯދުމަށް ފުރުސަތު ދޭނެ ކަމަށް ހާބަޓް ބުންނެވެ.

ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމާ ބެހޭ ގޮތުން ހާބަޓް ބުނީ އޭނާ މަސައްކަތް ކުރަނީ ކުރި މަގުގައި ވަރުގަދަ ޓީމެއް ބިނާ ކުރުމަށް ކަމަށާއި ޒުވާން ކުޅުންތެރިންނާއެކު ޓީމަށް ނެގި ސީނިއާ ކުޅުންތެރިންގެ ސަބަބުން ޓީމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންގެ ފަރާތުން ފެންނަމުންދާ ކުޅުމާމެދު ވަރަށް ބޮޑަށް ހިތް ހަމަޖެހޭ ކަމަށް ހާބަޓް ބުންޏެވެ.

އަދި ޒުވާން ކުޅުންތެރިގެ ތެރޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބިކަން ކޯޗް ފާހގަ ކުރިއެވެ.