22 Dec 2015, 09:34
ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހދ. ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި އެވެ.
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެއީ މާރާމާރީ އާއި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރާ ކަމުގެ ކުށުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިންނެވެ.
އޭނާ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބައިފާސްކުރަނިކޮށް އެގޭގެ ކޮޓަރިތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 50 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 15 ރަބަރު ޕެކެޓުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި 1 އެމްއެލް ސިރިންޖަކާއި 21 ހުސް ސިރިންޖާއި އަދި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ހައްޔަރު ކުރި މީހާގެ ބަނދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަަލަ ތަޙްޤީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައެވެ.