21 Dec 2015, 22:19
ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި މަސައްކަތް ކުރައްވާ ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން 26 ބޭފުޅަކު ސީނިއާ ޕޮލިސީ އެގްޒެކިއުޓިވް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ބަދަލުކުރައްވައިފިއެވެ.
ސީނީއާ ޕޮލިސީ އެގްޒެކިއުޓިވް ކަމަށް ބަދަލު ކުރުމުގެ ކުރިން އެކި މިނިސްޓްރީތަކުގައި ޖުމްލަ 79 ޑެޕިއުޓީ މިނިސްޓަރަކު ތިއްބެވިއެވެ. ނަމަވެސް މިހާރު މިނިސްޓްރީތަކުގައި ތިއްބެވީ ޖުމްލަ 53 ޑެޕިއުޓީ މިނިސްޓަރުންނެވެ.
ގިނަ މިނިސްޓްރީތަކުން އެކި ޑެޕިއުޓީ މިނިސްޓަރުންގެ މަގާމު ބަދަލުކޮށްފައިވާއިރު ޔޫތު މިނިސްޓްރީ އާއި ފޮރިއިން މިނިސްޓްރީގައި ތިއްބެވި އެއްވެސް ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމެއް ބަދަލުކޮށްފައެއް ނުވެއެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލި މީގެ ކުރިން ވިދާޅުވެފައިވަނީ ސީނިއާ ޕޮލިސީ އެގްޒެކިއުޓިވް މަގާމު ފުރުއްވާ ބޭފުޅުން ކުރައްވާނީ ޕޮލިސީ ލެވެލްގެ މަސައްކަތް ކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން ބައެއް ބޭފުޅުން އެ މަގާމަށް ބަދަލުކުރެއްވިޔަސް މުސާރައަށް ބަދަލެއް ނާންނާނެ ކަމަށް މުއާޒު ވިދާޅުވިއެވެ.
ސީނިއަ ޕޮލިސީ އެގްޒެކެޓިވް ކަމަށް ކަނޑައެޅުއްވި ބޭފުޅުން:
ހޯމް މިނިސްޓްރީ:
- އަހުމަދު އަދީމް
- އަބްދުﷲ ވަހީދު
- އިސްހާގް އަހުމަދު
ފިނޭންސް މިނިސްޓްރީ:
- އިމްރާން ސޯލިހް
- މުހައްމަދު ޒުހައިރު
- އަބްދުލް ޣަފޫރު އަބްދުއްލަތީފް
އެޑިއުކޭޝަން މިނިސްޓްރީ:
- އިބްރާހިމް އިސްމާއިލް
- ހުސެއިން ހަނީފް
- ޑރ. އަހުމަދު ރިޔާޒް
- އިބްރާހިމް ހަނީފް
- އަބްދުލް ސަމީއު ހަސަން
- ޝެރީނާ އަބްދުއް ސަމަދު
ލޯ އެންޑް ޖެންޑަ މިނިސްޓްރީ:
- އާމިނަތު ހުސައިން ޝަރީފް
ހެލްތު މިނިސްޓްރީ:
- މުހައްމަދު މާހިރު
- އަބްދުލް ހަމީދު އަބްދުއްސަމަދު
ފިޝަރީޒް މިނިސްޓްރީ:
- ހުރުޝީދު ތައުފީގް
ހައުސިން މިނިސްޓްރީ:
- އަބްދުﷲ ޒިޔާދު
- ހަސަން ޒަރީރު
- އަލްއުސްތާޒު ހަސަން އަލީ
އިކޮނޮމިކް މިނިސްޓްރީ:
- އަހުމަދު ނަޝީދު
- އަހުމަދު ޝާކިރު
އެންވަޔަރަމެންޓް މިނިސްޓްރީ:
- މުހައްމަދު ހާނިމް
- އިބްރާހިމް ނިޒާމް
- އަބްދުﷲ ހަމީދު
އިސްލާމިކް މިނިސްޓްރީ:
- އަސަދުﷲ ޝާފިއީ
- މުހައްމަދު ގުބާދު އަބޫބަކުރު