ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންޒާރުދިން ކަމުގެ ތުހުމަތުގައި ހއ. ބާރަށުން ހައްޔަރުކުރި މީހާ ތިން މަސް ވަންދެން ރަށުން ބޭރަށް ނުދިޔުމަށް ޝަރުތުކޮށް އެރަށު ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.

އެގޮތަށް ޝަރުތުކޮށް އެމީހާ ދޫކޮށްލީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެރަށު ކޯޓަށް ގެންދިޔުމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިންޒަރުގެ މެސެޖު ފޮނުވި ކަމަށް ތުހުމަތު ކުރެވޭ މީހަކީ ހއ. ބާރަށު ސީރީޒްގޭ އަހްމަދު ޔާމީނެވެ.

އެ މައްސަލައިގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.