ފޭރުމުގެ މައްސަލައަކާއި ގުޅިގެން ފުލުހުން މީހަކު ހޯދުމަށް އިއުލާނު ކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ބުނެފައި ވަނީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ފޭރުމުގެ މައްސަލައަކާއި ގުޅިގެން ގދ. ރަތަފަންދޫ، ޒަމާނީއާގެ ސަމާޙް ޝިހާބް 23 ހޯދަމުންދާ ކަމަށެވެ.

ސަމާޙް ޝިހާބް އާ ބެހޭ އެއްވެސް މަޢުލޫމާތު ލިބިފައިވާނަމަ އެމަޢުލޫމާތެއް ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް ނުވަތަ ފުލުހުންގެ ހޮޓު ލައިން ނަންބަރަށް ގުޅުމަށް އެދޭ ކަމަށެވެ.