21 Dec 2015, 16:26
ދިވެހިން އުފައްދާފައިވާ ތަކެތި އެއްތާކުން ދައްކާލުމަށް ބާއްވަމުން އަންނަ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު، އެކްސްޕޯ މޯލްޑިވްސް 2015ގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކަމަށް ޓަކައި މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން ޑިރެކްޓަރު އަހްމަދު މައުމޫނުއެވެ. އެކްސްޕޯ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމާއި ސޮއިކުރެއްވީ އެކްސްޕޯގެ ޗެއާމަން އަބްދުﷲ މުހައްމަދު އެވެ.
މިއަދުވި އެއްބަސްވުމުގެ ދަށުން މައުރަޒު ހިނގަމުންދާ ސަރަހައްދު ވައިފައި ކުރެވިގެން ދާނެ ކަމަށާއި، އެކަމުގެ ސަބަބުން ސޯޝަލް މީޑިއާ މެދުވެރިކޮށް މައުރަޒުގައިވާ އުފެއްދުންތައް ގިނަ ބަޔަކާ ހަމައަށް ފޯރާނެ ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.
މިމަހުގެ 22 އިން 28 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި އެކްސްޕޯގައި، ދިވެހި އުފެއްދިންތެރިކަމާއި ހުނަރު އަދި ތަފާތު ހަރަކާތްތައް ދައްކުވައިދޭނެ އެވެ.