ވޭގަސް (ޑިސެމްބަރ 21): އިއްޔެ އެމެރިކާގެ ވޭގަސްގައި އޮތް މިސް ޔުނިވާސް 2015ގައި އެންމެ ފުރަތަމަ މިސް ޔުނިވާސްގެ ލަގަބު ދިނީ މިސް ކޮލަމްބިއާ، އަރިއަޑްނާ ގުޓެއިރޭޒަށެވެ.

ގުޓެއިރޭޒްގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅާ ސޭޝް ހަވާލުކުރުމަށް ފަހު އޭނާ އޯޑިއަންސްއަށާއި ޓީވީ އިން އެ ރަސްމިއްޔާތު ބަލަން ތިބި އެތައް މިލިއަން ބަޔަކަށް ފަހުރުވެރިކަމާ އެކު ހަނާއަޅަން ހުއްޓައި ރަސްމިއްޔާތު ހުށަހަޅައިދިން ސްޓީވް ހާވޭ ވަނީ އޭނާ އަށް މިސް ކޮލަމްބިއާ އަކީ މިސް ޔުނިވާސް ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ބުނެފަ އެވެ.

"އަޅުގަނޑު މާފަށް އެދެންޖެހޭ. މިސް ކޮލަމްބިއާ އަކީ ފަސްޓް ރަނަރަޕް. މިސް ޔުނިވާސް އަކީ މިސް ފިލިޕީންސް،" ސްޓީވް ހާވޭ އިއުލާން ކުރި އެވެ.

އެހެންކަމުން، މިސް ޔުނިވާސްގެ ތާޖު މިސް ކޮލަމްބިއާގެ ފަރާތުން އަތުލުމަށް ފަހު ފިލިޕީންސްގެ ރީތީގެ ރާނީ، އަލޮންޒޯ ވުޓްޒްބަަޗްގެ ބޮލުގައި އެޅުވީ އެވެ.

އެދެ ރީތީގެ ރާނީންވެސް ތިބީ ވަރަށް ބޮޑު ހައިރާންކަން މަތީގައި އެވެ. އަދި ހާވޭ ވަނީ ތަކުރާރުކޮށް އޭނާ އަށް ހެދުނު ގޯހަށް މިސް ޔުނިވާސްގެ ދެ ފައިނަލިސްޓުންނަށާއި ރަސްމިއްޔާތު ބަލަން ތިބި މީހުންގެ ފަރާތުން މާފަށް އެދިފައި އެވެ. (ސީއެންއެން)