ހަތަރު ފަޅުވެރިންނާ އެކު މާލެއިން ފުރައިގެން ރ.ފުރަވެރިއަށް، ދަތުރުކުރި ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ.

އަލިފާން ރޯވެފައި ވަނީ ސިމެންތި ބަރުކޮށްގެން ދަތުރު ކުރި "މާދޫ2" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގެ އިންޖީނު ރޫމްގަ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެ އެވެ.

އެމްއެންޑީއެފް އިން ބުނީ، ކ.ޒިޔާރަތްފުށި ކައިރިން ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް ްަްއަށް ލިބުނީ ރޭ ދަންވަރު 3:10 އެހާކަންހާއިރުކަމަށެވެ.

އަދި އެމްއެންޑީއެފްގެ ފަޔާ ފައިޓަރުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް ދޯނީގެ އިންޖީނު ރޫމްގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް ކުރި މަސައްކަތުން، އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ހެނދުނު 6:13 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

އަލިފާން ރޯވި "މާދޫ2" ނަމަކަށް ކިޔާ ސަޕްލައި ދޯންޏަކީ 100 ފޫޓުގެ ދޯންޏެއް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.