އައްޑޫ ސިޓީގެ ހިތަދޫގައި ފުލުހުންގެ ޚިދުމަތް ދެމުންދާ ސްޓޭޓް ހައުސްގައި ޕޮލިސް ޝޮޕެއް ހުޅުވައިފި އެވެ.

ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު މި ފިހާރަ ހުޅުވައިދެއްވީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ އެވެ.

ފުލުހުންގެ ވެލްފެެއަރ ކަންކަން ހަރުދަނާކޮށް ތަރައްގީކުރުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން އައްޑޫ ސިޓީގައި ހުޅުވި މި ފިހަރާއިގެ ސަބަބުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް އަދި އާންމު ރައްޔިތުންނަށްވެސް ވިޔަފާރިކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ޕޮލްކޯއިން ބުނެއެވެ.

އޭގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލަކުގައި މަސައްކަތްކުރާ ފުލުހުންނަށް ކްރެޑިޓަށް ތަކެތި ނެގުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ޕޮލްކޯއިން ވަނީ ބުނެފައެވެ.

މިއީ ޕޮލްކޯއިން ހުޅުވި ތިން ވަނަ ފިހާރައެވެ. ޕޮލްކޯއިން ދަނީ މާލެއާއި ފޭދޫ ފިނޮޅުގައިވެސް ޕޮލިސް ޝޮޕް ހިންގަމުންނެވެ.