21 Dec 2015, 10:14
ދުނިޔޭގެ އެންމެ ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ބްރިޓިޝްގެ ޕޮޕް ރޮކް ބޭންޑް "ދަ ބީޓްލްސް"ގެ މިއުޒިކް ފުރަތަމަ ފަހަރަށް މިއުޒިކް ސްޓްރީމިން ސާވިސް ތަކަށް ގެނައުމަށް ނިންމައިފި އެވެ.
"ބިލްބޯޑްސް" އިން ބުނާގޮތުގައި ބީޓްލްސްގެ މިއުޒިކްތައް ސްޓްރީމް ކުރުމަށް މިހަފްތާގެ ބުރާސްފަތީގައި ފަށާނެ އެވެ.
ނަމަވެސް އެ ބޭންޑުގެ މިއުޒިކްތައް ސްޓްރީމް ކުރުމަށް ކަނޑައަޅާފައިވަނީ ކޮން ސާވިސް އެއް ކަމެއް އަދި ސާފުވެފައި ނުވާ ކަމަށް ބިލްބޯޑްސް އިން ވަނީ ބުނެފައެވެ.
ބީޓްލްސްގެ ސަޕޯޓަރުންނަށް އިތުރު އުފާވެރި މައުލޫމާތު ދެމުން ބިލްބޯޑްސް އިން ބުނެފައިވަނީ ސްޓްރީމް ކުރާ ސާވިސް އިން އަހަރެއް ވަންދެއް ބޯޓަލްސްގެ އެކްސްކްލޫސިވް އުފެއްދުންތައް ފޯރުކޮށްދޭނެ ކަމަށެވެ.
އިތުރު ސޯސް އަކުން ބުނާގޮތުގައި ބީޓްލްސްގެ މިއުޒިކް "އެޕަލް މިއުޒިކް" އާއި "ސްޕޮޓިފައި" އިން އެ ބޭންޑުގެ މިއުޒިކްތައް ސްޓްރީމް ކުރާނެ ކަމަށެވެ.
ބީޓްލްސް އަކީ ސޯޝަލް ނެޓްވޯކްގެ ޒަމާނަށްވުރެ މާކުރީގެ މަޝްހޫރުކަން ހޯދާފައިވާ ބޭންޑެވެ. އެގޮތުން އެ ބޭންޑުގެ ކާމިޔާބީތައް ހޯދަށް ފަނާފައިވަނީ 1960 ގައި ބޭންޑް އުފެދުމާއެކުގައެވެ. ބީޓްލްްސްގެ ވީޑިއޯ ލަވަތައް ޔޫޓިއުބް އަށް ވެރިފައިކޮށްފައިވާ އެކައުންޓުން އަޕްލޯޑު ކުރަން ފަށާފައިވަނީ ވެސް ދާދި ފަހުންނެވެ.