20 Dec 2015, 00:05
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެއްކަމުގައިވާ ކޮލި އަލީ އުމަރު މަނިކު އަވަހާރަވުމާ ގުޅިގެން ދިވެހި ގައުދީ ދިދަ ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖާމާނުގެ ޓްވީޓަކުން ވަނީ ރައީސް އެގޮތަށް ނިންމެވިކަން އިއުލާންކުރައްވާފައެވެ.
އަލީ އުމަރު މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވި އުމުރުފުޅުން 77 އަހަރުގަ އެވެ.
NIIV Ali Umar Manik avahaaravumaa gulhigen maadhamaa in feshigen 3 dhuvas vandhen qaumee dhidha baidhandiah thirikurevvumah Raees nimmavaifi
— Ibrahim Muaz Ali (@SpokespersonMV)December 19, 2015
އަލީ އުމަރު މަނިކަކީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް އޭނާ ވަނީ ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ.