19 Dec 2015, 20:59
ރާ ބޮއެގެން ހުޅުމާލެ ފެރީގައި ދަތުރުކުރި ބަންގުލަދޭޝްގެ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން ރާ ބުއީ ހުޅެލެ އައިލެންޑު ހޮޓަލް (އެޗްއައިއެޗް)އިންނެވެ. އެ މީހުންނަކީ ހުޅުމާލޭގައި ދިރިއުޅޭ ބައެކެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިރޭ "ސަން" އަށް ވިދާޅުވީ އެ މީހުން ހައްޔަރު ކުރީ މިރޭ އިރުއޮއްސި 6:30 އެހާކަށްހާއިރު ކަމަށެވެ. އަދި އެ މީހުން ހައްޔަރު ކުރީ މާލެއިން ހުޅުމާލެ އަށް ދަތުރުކުރި ފެރީގައި އަޑުގަދަކޮށް އާންމުންނަށް އުނދަގޫ ވާތީ އެކަމާ ގުޅޭ ގޮތުން ފުލުހުންނަށް ރިޕޯޓު ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ދެ މީހަކު މަސްތުގެ ހާލަތުގައި ތިބިކަން ޔަގީންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.