11 Apr 2011, 15:09
ދުންފަތާއި ދުންފަތުން އުފައްދާ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް ރާއްޖޭގެ ވިޔަފާރިވެރިން މިދިޔަ އަހަރު 123 މިލިޔަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ އިން ބުނެފި އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކާ ހަވާލާދީ ހެލްތު މިނިސްޓްރީން ބުނިގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް އެތެރެކުރި ދުންފަތުގެ ހުރިހާ ބާވަތްތަކުގެ އަގަށް ޖުމްލަ 123869204 ރުފިޔާ( ސަތޭކަ ތޭވީސް މިލިޔަން އަށްލައްކަ ފަސްދޮޅަސް ނުވަހާސް ދުއިސައްތަ ހަތަރު ރުފިޔާ ) އަރަ އެވެ.
ހެލްތުން ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ދުންފަތުގެ އުފެއްދުން ތަކުގެ ތެރެއިން އެންމެ ގިނައިން ރާއްޖެ އެތެރެކޮށްފައިވާ އެއް ބާވަތަކީ އެމެރިކާއިން އެތެރެކުރި ކެމަލް ބްރޭންޑްގެ ސިނގިރޭޓެވެ. ކެމެލް ބްރޭންގެ ސިނގިރެޓަށް 76 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވެއެވެ. ދެ ވަނައަށް އެންމެ ގިނަ ފައިސާ ހަރަދުވެފައިވާ ބެންސަން ސިނގިރެޓަށް 13 މިލިޔަން ހަރަދުވެފައި ވާއިރު ތިންވަނައިގާ އުޅޭ މަލްބަރޯއަށް 11 މިލިޔަން ރުފިޔާ ހަރަދުވެފައި ވެއެވެ.
ދުންފަތުގެ ބާވަތްތަ އެތެރެކުރުމަށް ވިޔަފާރިވެރިން 2010 ވަނަ އަހަރު ހޭދަކުރި ފައިސާ ރާއްޖޭގެ ރައްޔިތުންނަށް ބަހާލައިފި ނަމަ ބޮލަކަށް 393.24ރ. ޖެހެ އެވެ.
ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 24 ޕަސެންޓް މީހުންނަކީ ދުންފަތުގެ އިސްތިއުމާލްކުރާ މީހުންނެވެ. ނަމަވެސް މިއަދަދު އުޅޭނީ 40 ޕަސެންޓަށް ވުރެ މަތީގައި ކަމަށް ޑަބްލިއު އެޗް އޯ އިން ބުނެ އެވެ.