19 Dec 2015, 16:01
މެނީލާ (ޑިސެންބަރ 19): ފިލިޕީންސަށް ހަފްތާއެއް ވަންދެން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެގައުމުގެ 41 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ ޑިޒާސްޓާ މޮނިޓަރިން ސާވިސްއިން މިއަދު ބުނެފި އެވެ.
ފިލިޕީންސުގެ ސަރުކާރުން ވަނީ އެތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކަކީ "ގައުމީ ކާރިސާއެއް"ގެ ގޮތުގައި ސިފަކޮށްފަ އެވެ. ފިލިޕީންސްގެ ސަރުކާރުން ބުނީ ގައުމީ ކާރިސާގެ ހާލަތު އެގައުމުގައި އިއުލާންކޮށްފައި ވަނީ "ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް އަވަސް ކުރުމަށް" ކަމަށެވެ.
ހޮނިހިރު ދުވަހު ފިލިޕީންސްގެ ދެކުނު ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން ދެކޯރެއް ބަންޑުންވެފައިވެ އެވެ.
ފިލިޕީންސްގެ މޫސުމާ ބެހޭ ވުޒާރާ އިން ވަނީ ފިލިޕީންސުގެ ބައެއް ރަށްތަކަށް 30 މިލިމީޓަރުގެ ވާރޭ ކޮންމެ ގަޑިއިރަކު ވެހޭނެ ކަމަށް ލަފާކޮށްފަ އެވެ. އަދި މޫސުން އިތުރަށް ގޯސްވާ ނަމަ އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކުރަން ޖެހިދާނެ ކަމަށް އެވުޒާރާ އިން ބުނެފައިވެ އެވެ.
ދިހަ މިލިއަން ރައްޔިތުން ދިރިއުޅޭ ފިލިޕީންސަށް ކޮންމެ އަހަރަކު 20 ވަރަކަށް ތޫފާން އަރަ އެވެ.
މައުލޫމާތު: އޭއެފްޕީ