19 Dec 2015, 13:13
އެޕަލް އަދި ސެމްސަންގު ކުންފިނިތަކެކޭ އެއްގޮތަށް ޗައިނާގެ ކުންފުނިތަކަށް ވެސް ރާއްޖޭގެ މާކެޓުން މަރުހަބާކިޔާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވެއްޖެ އެވެ.
ވޯލްޑް އިންޓަނެޓް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އަޝްމަލީ ވިދަޅުވީ ރާއްޖޭއަކީ މިނިވަން ސަގާފަތަކާއި އާދަކާދައެއް އޮތް މިނިވަން ގައުމެއް ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ އިގްތިސާދު ކުރިއެރުވުމުގައި ރާއްޖެއަށް ދައުރެއް އަދާ ކުރެވޭނެ ކަމަށް ގިނަ ބަޔަކު ގާބޫލު ނުކުރާ ކަމަށާއި އެއީ ރާއްޖެ ކުޑަވީމަ ވިސްނާ ގޮތް ކަމަށް އަޝްމަލީ ވިދާޅުވި އެވެ.
ރާއްޖޭގައި ގިނަ މަސައްކަތްތަކަަކަށް އަދިވެސް ކުރިއެރުންތައް ބޭނުންވާކަން ފާހަގަކޮށް އަޝްމަލީ ވިދާޅުވީ މައިކްރޯސޮފްޓް، ގޫގުލް އަދި އެމްލަގެ އިތުރުން ޗައިނާ ކުންފުނިތަކުގެ އެހީ ރާއްޖެއަށް ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގައި މާކެޓް ކުރުމަށް ޗައިނާގެ ކުންފުނިތަކަށް މަރުހަބާ ކިޔާކަމަށް އަޝްމަލީ ވިދާޅުވި އެވެ.
ޖުމްލަ 120 ގައުމަކުން 2000 މެމްބަރުން ބައިވެރިވާ އެ ކޮންފަރެންސު ކުރިއަށް ގޮސްފައިވަނީ މިމަހުގެ 16 އިން 18 އަށް ޗައިނާގެ ޒީ ޖިއާންގް ޕްރޮވިންސްގަ އެވެ.