19 Dec 2015, 11:56
ބަޔާން މިއުނިކްއާ އެކު ހަދާފައިވާ އެއްބަސްވުން، އެޓީމުގެ ފޯވާޑް ތޯމަސް މުލާ އާއި މިޑްފިލްޑަރު ޒަބީ އޮލޮންސޯ އާކޮށްފި އެވެ.
މި ދެ ކުޅުންތެރިންގް އިތުރުން، އެޓީމުގެ މިޑްފިލްޑަރު ހަވީ މާޓިނޭޒް އާއި ޑިފެންޑަރު ޖެރޯމް ބޯޓެންގް ވެސް ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. އުމުރުން 26 އަހަރުގެ މުލާ އާއި 27 އަހަރުގެ ބޯޓެންގް އަދި މާޓިނޭޒް ކޮންޓްރެކްޓް އާކުރީ، އެ ކްލަބުގައި 2021 ވަނަ އަހަރާ ހަމައަށްއާކުރި އިރު ރެއާލް މެޑްރިޑުން ބަޔާން އަށް ބަދަލުވި 34 އަހަރުގެ އޮލޮންސޯ ކޮންޓްރެކްޓް އާކުރީ 2017 ވަނަ އަހަރާ ހަމައަށެވެ.
އެއްބަސްވުން އިތުރުކުރުމަށް ފަހު އެ ޓީމްގައި 15 އަހަރު ހޭދަ ކޮށްފައިވާ މުލާ ބުނީ އޭނާ އެ ކުލަބުގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި އެއްބަސްވުން އިތުރުކުރެވުމުން އުފާވާ ކަމަށެވެ.
ބަޔާންގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް އެއްބަސްވުންއާ ކުރިއިރު އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދަދީފައިވާ ކޯޗް ޕެޕް ގާޑިއޯލާ އެ ޓީމާ އެކު ހަދާފައިވާ އެއްބަސް ވުން މިސީޒަނުގެ ނިޔަލަށް ހަމަވާ އިރު އެނާ އަދި ވަކިގޮތެއް ނުނިންމައިފަ އެވެ.
ގާޑިއޯލާ އާ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ މީގެ ކުރިން ވިދާޅުވި ނަމަވެސް ގާޑިއޯލާ ޕްރިމިއާ ލީގަށް ބަދަލުވާން އުޅޭ ވަހަކަތަށް ވަނީ ދެކެވެން ފަށާފައެވެ. އެގޮތުން މެންޗަސްޓާ ސިޓީއާއި ޗެލްސީ އިން ވެސް އޭނާއާ ވާހަކަ ދައްކަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓް ތަށް ބުނެ އެވެ.
ޖަރުމަނު ލީގުގައި ފަސް ޕޮއިންޓްގެ ލީޑަކާއެކީ ތާވަލުގެ އެއްވަނާގައި އޮތް ބަޔާން މިރޭ ހެނޯވާއާ ދެކޮޅަށް ނިކުންނާނެ އެވެ.