19:00


މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 20 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.


ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ މަހު ރާއްޖެ އަށް ހަތް ދިހަ ހަތަރު ހާސް ނުވަސަތޭކަ ހަތް ދިހަ ފަސް ޓޫރިސްޓުން އައިސްފައިވާއިރު އެއީ މިދިޔަ އަހަރުގެ މާޗްމަހު އައި ފަސް ދޮޅަސް ދެ ހާސް އެއް ސަތޭކަ ހަތާވީސް ޓޫރިސްޓުންނަށް ވުރެ 20.7 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.


ޓޫރިޒަމް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއް ގޮތަށް މިއަހަރުގެ މާޗްމަހު ވެސް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އަށް އައިސްފައި ވަނީ ޔޫރަޕުން ކަމަށާއި އެގޮތުން މިއަހަރުގެ މިހާތަނަށް ޔޫރަޕުން ރާއްޖެ އަށް އެއްލައްކަ ފަސް ދޮޅަސް ހާސް ހަތް ސަތޭކަ ތިރީސް ހަތް ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ.


އެމިނިސްޓްރީން އަދި ބުނީ ޔޫރަޕުގެ ގައުމުތައް ފިޔަވައި ދެން އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އައިސްފައިވަނީ އޭޝިއާ ޕެސިފިކް ގައުމުތަކުން ކަމަށާއި އެގޮތުން އެ ސަރަހައްދުން މިދިޔަ މާޗްމަހާ ހަމައަށް ރާއްޖެ އަށް ފަން ސާސް ހާސް ހަތް ސަތޭކަ ތިރީސް ތިން ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ.