19 Dec 2015, 00:34
ބޮލީވުޑް ފިއެސްޓާގެ ނަމުގައި އަދާރަނަ ސެލެކްޓް ހުދުރަން ފުށީ ރިސޯޓުގައި ޚާއްސަ ހަރަކާތްތަކެއް ފެށިގެން ކުރިއަށް އެބަ ދެއެވެ.
އެ ރިސޯޓުން އިންތިޒާމުކޮށްގެން އިއްޔެ ފެށި އެ ހަރަކާތް މިއަދާއި މާދަމާވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ފަތުރުވެރިންނާއި އާއްމުންނަށް ޚާއްސަކޮށްގެން އެ ރިސޯޓުން ކުރިއަށް ގެންދާ އެ ހަރަކާތުގައި އިންޑިއާގެ މަޝްހޫރު ޑީޖޭ އާޓިސްޓުންވެސް ބައިވެރި ވެއެވެ.

ރާޖީވް ޝަހާރޭ އަދާރަން ސެލެކްޓް ހުދުރަންފުށީގައި އޮތް ބޮލީވުޑް ފިއެސްޓާ ގެ ޚާއްސަ ޝޯގައި ޝަހާރޭ ވާހަކަދައްކަވަނީ --- ސަންފޮޓޯ
އެގޮތުން މިރޭ އެ ރިސޯޓުގައި ބޭއްވި ބޮލީވުޑް ފިއެސްޓާގެ ޚާއްސަ ޑީޖޭ ޝޯ ފައްޓަވައިދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާޖީވް ޝަހާރޭ އެވެ.

ބޮލީވުޑް ފިއެސްޓާގެ ޚާއްސަ ޝޯވްގެ ތެރެއިން --- ސަންފޮޓޯ
އިއްޔެ ފެށި ބޮލީވުޑް ފިއެސްޓާގެ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި މޫދު ކުޅިވަރުތަކާއި ފަތުރުވެރިންގެ ޚާއްސަ ފެޝަން ޝޯ ހިމެނެއެވެ.
އަދި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތައް މާދަމާ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އަދާރަނަ ސެލެކްޓް ހުދުރަން ފުށީ ރިސޯޓުގައި ކުރިއަށްދާ ބޮލީވުޑް ފިއެސްޓާ ގެ ހަރަކާތްތަކުގައި މާލެ ކައިރި ހިސާބުތަކުން ބައިވެރިވުމުގެ ފުރުސަތު އެ ރިސޯޓުން ވަނީ ހުޅުވާލާފައެވެ.
އެގޮތުން އެ ހަރަކާތުގައި މާލެ އާއި ހުޅުމާލެ އަދި ކައިރި ރިސޯޓު ތަކުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ރިސޯޓުން ވަނީ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސާފައެވެ.