18 Dec 2015, 15:23
ދޯނިފަހަރުގެ ކެޕްޓަނުންނަށް ޚާއްސް ކޮށްގެން ކަނޑުމަތީގެ ސަލާމަތާ ގުޅޭ ގައުމީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިއަދު ވިދާޅުވީ މި ފެށޭ ހަފުތާގައި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ކޯސްޓްގާޑް ގުޅިގެން، ކަނޑުމަތީގެ ސަލާމަތާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
TA&CG will conduct a workshop this week 2captains on maritime safety standards.This will be a nationwide exercise to ensure m safety of all
— Mohamed Saeed (@em_saeed)December 18, 2015
ސައީދު މިހެން ވިދާޅުވީ ކ. މާފުށި ކައިރިން ދަތުރުކޮށްފައި ދިޔަ ލޯންޗަކާއި ޑައިވިން ދޯންޏެއް އެކްސިޑެންްޓުވެ ދެ ފަތުރުވެރިޔަކު މަރުވެފައި ވަނިކޮށެވެ.
މަރުވެފައި ވަނީ 16 އަހަރުގެ މެލޭޝިޔާ އަންހެން ކުއްޖަކާއި 42 އަހަރުގެ ޗައިނާ އަންހެނެކެވެ. އެ ދެ މީހުން މާފުށި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.
މި ހާދިސާއާ ގުޅިގެން މިނިސްޓަރ ސައީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
h.concerned w/the death of 2 tourists l.night.TA recently reviewed published n.maritime safety regulations 2ensure safety of all concerned.
— Mohamed Saeed (@em_saeed)December 18, 2015
އަދި މި ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ވޯކްޝޮޕް މެދުވެރިކޮށް ކަނޑުދަތުރުގެ ސަލާމަތާ ގުޅޭ އާ ގަވާއިދާއި އެކްސިޑެންޓްތަކާ ގުޅޭ މައުލޫމާތު ދިނުން ބައްދަލުވުމުގެ ބައިވެރިންނަށް ލިބިގެން ދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރި ކަމާ ބެހޭ ގުޅޭ އާ ގަވާއިދެއް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އާންމު ކޮށްފައިވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
"އެއީ ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ގަވާއިދެއް،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.