18 Dec 2015, 11:47
ރޭ ކުރި ވިއްސާރައިގައި މާލެއަށް 61.7 މިލިމީޓަރުގެ ވާރޭ ވެހިފައި ވާކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރޭ ކުރި ވިއްސާރައިގައި، މާލެއަށް ދެ ގަޑިއިރު ތެރޭ 61.7 މިލިމީޓަރުގެ ވާރޭ ވެހެފައިވާ ކަމަށާއި، މިއީ ފަހުގެ ތާރީހެއްގައި އެންމެ ގިނައިން ވާރޭ ވެހުނު ފަހަރު ކަމަށެވެ.
61.7mm rainfall last night in 2hrs;one of the highest for Male recently.Water drained out in 3 hrs,where prev takes 3 days.Project a success
— Dr.Mohamed Muizzu (@MMuizzu)December 18, 2015
މިނިސްޓަރ ވިދާޅުވީ ރޭ ވެހުނު ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ބޮޑުވި ފެންގަނޑޫ، ދެ ގަޑިއިރުގެ ތެރޭގައި ހިންދާލެވުނު ކަމަށާއި، ކުރީގައި ނަމަ ފެން ހިންދުމަށް ތިން ދުވަސް ހޭދަވާ ކަމަށެވެ.
މާލެ ސަރަހައްދަށް ރޭ ބޯކޮށް ވާރޭ ވެހި، މާލޭގައި ވަނީ ފެންބޮޑުވެފައި ވާއިރު އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ހޮނު އެޅުމުގެ ސަބަބުން އެ އެއާޕޯޓްގެ ބޮޑު ބަޔަކުން ވަނީ ކަރަންޓް ކެނޑިފައެވެ.
އޭގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ރޭ ވަނީ ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ، ޔެލޯ އެލާޓް ވެސް ނެރެފައެވެ.