ރާއްޖޭގެ އުތުރުން ހދ. އަތޮޅުން ފެށިގެން ދެކުނުން ލ. އަތޮޅާ ހަމައަށް ވިއްސާރަވެ، މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް އިން ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ނެރުނު އެލާޓްގައި ބުނެފައި ވަނީ ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ، މިއަދު ހަވީރު 6.00 އިން ފެށިގެން މިރޭ 12.00 އާ ހަމައަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވާއިރު މާލެ ސަރަހައްދަށް މިރޭ ބޯކޮށް ވާރޭ ވެހި، މާލޭގައި ވަނީ ފެންބޮޑުވެފައެވެ. އަދި އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް މިރޭ ހޮނު އެޅުމުގެ ސަބަބުން އެ އެއާޕޯޓްގެ ބޮޑު ބަޔަކުން ވަނީ ކަރަންޓް ކެނޑިފައެވެ.