17 Dec 2015, 20:12
ކ. މާފުށި ކައިރިން ދަތުރުކޮށްފައި ދިޔަ ލޯންޗަކާއި ޑައިވިން ދޯންޏެއް އެކްސިޑެންްޓުވެ ދެ ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ 16 އަހަރުގެ މެލޭޝިޔާ އަންހެން ކުއްޖަކާއި 42 އަހަރުގެ ޗައިނާ އަންހެނެކެވެ. އެ ދެ މީހުން މާފުށި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މިއަދު އިރުއޮއްސި 6:30 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި ދެ އުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
އެކްސިޑެންޓު ހިނގި ވަގުތު ޑައިވިން ދޯނީގައި ހަ މީހަކު ތިއްބެވެ. އަދި ލޯންޗުގައި ހަތަރު މީހަކު ތިއްބެވެ.
އެ ހާދިސާގައި މަރުވި ދެ މީހުން ފިޔަވައި އެހެން ބަޔަކަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.