ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެއިތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ ދެ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެގޮތަށް އެދުމުންނެވެ.

ދައުލަތުގެ ވަކީލު ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އާދަމް އާރިފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކާ ތަހުގީގުން ސުވާލުކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި އެ ދެ ބޭފުޅުން ބަންދުން ދޫކޮށްފިނަމަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ޒިޔަތު ބަންދުގައި ބެހެއްޓިޔަސް އެކަމަށް އިއުރިރާޒު ނުކުރައްވާ ކަމަށް ޒިޔަތުގެ ވަކީލު މިއއަދު ވަނީ ވިދާޅުވެފައެވެ.