ސަރުކާރުގެ ބިންތަކުގައި ހުރި ޕާޓީތަކުގެ ޖަގަހަތައް ނަގައި ބިންތައް ހުސްކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ ބޯޑު (އެލްޖީއޭ)އިން މުހުލަތެއް ދީފި އެވެ.

ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް ސަރުކާރުގެ ބިންތަކުން ނަގައި، އެ ބިންތައް ހުސްކުރުމަށް ޕާޓީތަކަށް ދީފައި ވަނީ އެއް މަސް ދުވަހުގެ މުހުލަތެކެވެ. މަސް ދުވަހުގެ ތެރޭގައި އެ ބިންތައް ރަށްރަށުގެ ކައުންސިލްތަކަށް ނެގުމަށް އެލްޖީއޭއިލް މިއަދު ވަނީ ކައުންސިލްތަކަށް އަންގާފަ އެވެ.

ސިޔާސީ ބޭނުންތަކަށް ސަރުކާރުގެ ބިންތައް ބޭނުން ކުރުމުގެ ބަދަލުގައި އިޖުތިމާއީ ކަންކަމަށް އެ ބިންތަށް ބޭނުން ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.