16 Dec 2015, 22:58
ބަންދުކޮށްފައި ހުންނަތާ 25 އަހަރަށް ފަހު ބަގްދާދުގައި ހުންނަ ސައުދީ އެމްބަސީ އިއްޔެ ހުޅުވައިފި އެވެ.
ބަގުދާދުގައި ހުއްނަ ސައުދީގެ އެމްބަސީ ބަންދުކޮށްފައި ވަނީ އިރާގާއި ދެގައުމުގެ ދެމެދުގައި ހިނގައި ދިޔަ ހަމަ ނުޖެހުންތަކަކާ ގުޅިގެންނެވެ. ނަމަވެސް އިއްޔެ ބަގްދާދުގައި ސައުދީގެ އެމްބަސީ ހުޅުވިކަން އެގައުމުގެ ފޮރިން މިނިސްޓްރީ އިން ވަނީ ޔަގީން ކޮށްދީފަ އެވެ.
ސައުދީ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުން މިއަދު ބަގްދާދަށް ގޮސްފައިވާ ކަމަށް ވެސް ބަގްދާދުގެ ފޮރިން މިނިސްޓްރީން އޭއެފްޕީގައި ބުނެފައިވެ އެވެ. ޖުމްލަ 35 މުވައްޒަފުން މިއަދު ބަގްދާދަށް ގޮސްފައިވާ އިރު އެމީހުންނަށް އެއާ ޕޯޓުން މަރުހަބާ ކީ ފޮރިން މިނިސްޓްރީގެ އޮފިޝަލުން ކަމަށް ސައުދީ ގެޒެޓުގައި ބުނެފައިވެ އެވެ.
އަދި ސައުދީއިން އިރާގަށް ކަނޑައަޅާ ސަފީރު މާދަމާގެ ވަގުތެއްގައި ބަގްދާދަށް ދާނެ ކަމަށާއި މާދަމާ ރަސްމީކޮށް އެމްބަސީ ހުޅުވުން ކުރިއަށް ދާނެ ކަމަށް ސައިދީ ގެޒެޓުގައި ވަނީ ބުނެފަ އެވެ.
އިރާގާއި ސައުދީ އަރަބިއާ އާ ދެމެދު ބަދަހި ގުޅުމެއް 1990ގައި އުފެދި އެގުޅުން ހީނަރުވީ 2004 ވަނަ އަހަރު ހިނގާ ދިޔަ ހަމަނުޖެހުން ތަކުގަ އެވެ.