16 Dec 2015, 20:28
އދ. އަތޮޅު ސެންޓާރާ ރިސޯޓުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ 18 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ މިއަދު 2:30 އެހާކަންހާއިރު އެ ރިސޯޓުގައި މުުވައްޒަފަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މާމިގިލީ ސިއްހީމަރުކަޒުން ޑޮކްޓަރުން ބެލުމަށް ފަހު އޭނާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެެވެ.
"ފުލުހުން ބެލި ބެލުމުންވެސް އަދި ޑޮކްޓަރުންގެ ބަލުމުންވެސް އޭނާގެ ހަށިގަނޑުގެ ބޭރަށް ޒަހަމަތަކެއް ލިބިފަައިނެތް ކަން ވަނީ ކަށަވަރުވެފައި. ނަމަވެސް އަދިވެސް އިތުރަށް ތަހުގީގު ކުރިއަށް ދަނީ " ފުލުހުން ބުނެޏެވެ.
ފުލުހުން ބުނީ އިތުރު ތަހުގީގަށް މިރޭ ވަގުތެއްގައި އެ ޒުވާނާގެ ހަށިގަނޑު މާލެ ގެންނާނެ ކަމަށެވެ.