މާލެެއާ ވިލިމާލޭގެ އިތުރުން ހުޅުމާލެ މިިސްކިތްތަކުގައި ފިންގަޕްރިންޓު މެޝިނާއި ކެމެރާ ބެހެއްޓުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިސްކިތްތަކުގައި ކެމެރާއި ފިންގަ ޕްރިންޓު މެޝިނުތައް ހަރު ކުރުމަށް ހަވާލުކުރީ ޑިވިޝަން އޮފް އޯޑިއޯ ވިޝަންއާ އެވެ.

މިސްކިތްތަކުގައި ފިންގަޕްރިންޓު މެޝިނު ހަވާލު ކުރެވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް އަހުމަދު "ސަން" އަށް މިއަދު ވިދާޅުވީ އެ މަސައްކަތް ހަވާލުކުރީ 1،075،000 (އެއްމިލިއަން ހަތްދިހަ ފަސްހާސް) ރުފިޔާ އަށް ކަމަށެވެ. އަދި އެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ކޮށް ނިންމަންޖެހޭނެ ކަމަށް ވެސް އިބްރާހިމް އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތްތަކުގެ އިތުރުން މާލެއާ ވިލިމާލެއާ ހުޅުމާލޭގެ މިސްކިތްތައް ވަޔަލަސް ނެޓްވޯކަކުން ގުޅުމާލުމަށް ވެސް މިއަދު އެ ފަރާތާއި ހަވާލު ކުރެވިފައިވާ ކަމަށެވެ.

"އެކަމުގެ ބޭނުމަކީ ހުރިހާ މިސްކިތްތަކެއް އެއް ވިއުގަޔަކުން ގުޅުވާލުން،" އިބްރާހިމް ވިދާޅުވި އެވެ.

ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް ގެނެވުނު ބަދަލާއި ގުޅިގެން މިސްކިތްތައް މިހާރު ބަލަހައްޓަމުން އަންނަނީ އިސްލާމިކް މިނިސްޓްރީގެ ދަށުން ނެވެ.