16 Dec 2015, 15:17
އޮންލައިން ވިޔަފާރިކުރާ ޗައިނާގެ އެންމެ ބޮޑު އެއް ވެބްސައިޓްކަމަށްވާ ޓައޮބާއޯ އިން ރާއްޖޭގެ ރަށެއް ވިއްކާލައިފިއެވެ.
ޗައިނާގެ ނޫހެއްކަމަށްވާ ގްލޯބަލް ޓައިމްސް އިން ބުނީ ރާއްޖޭގެ ރަށް ނީލަމުގައި ވިއްކާލީ 5.76 ޔުއާން( 892000 ޑޮލަރު) އަށް ކަމަށެވެ. ނަމަވެސް އެއީ ކޮންރަށެއް ކަމަށާއި އެރަށާ ބެހޭ އެއްވެސް ތަފުސީލެއް ޓައޮބާއޯއިން ދީފައި ނުވާ ކަމަށް ނޫހުން ބުންޏެވެ. އަދި އެރަށް ގަތީ ކާކު ކަމެއް ވެސް ބުނެފައެއް ނުވެއެވެ.
ޓައޮބާއޯ ވެބްސައިޓުން ރާއްޖޭގެ ރަށެއް ވިއްކައިލީ އެ ވެބްސައިޓުން ޑަބަލް 12 ގެ ނަމުގައި ކުރިއަށް ގެންދިޔަ ފެސްޓިވަލެއްގައެވެ.
"މިއަދު ހެނދުނު ނުވައެއް ޖެހި އިރު ތިޔަ ބޭފުޅުއާއަށް ހޭނުލެއްވުނު، އެކަމަކު މުއްސަނދި މީހަދު ދިވެހިރާއްޖޭގެ ރަށެއް ގަތުމަށް ގާތްގަނޑަކަށް ހަ މިލިއަން ޔުއާން ހޭދަކޮށްފި. ހޭލެއްވުނު ނަމަވެސް އެރަށް ގަނެވޭ ވަރު ނުވީސް ކަންނޭނގެ،" ޓައޮބޯއޯ ވެބްސައިޓްގައި އެރަށް ވިއްކާލުމާ ގުޅޭ ގޮތުން ޝާއިއުކޮށްފައިވާ މެސެޖެއްގައި ބުނެފައިވެއެވެ.