ހދ.ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ކަމަށް އަޙްމަދު ރިޔާޒް އިންތިހާބުކޮށްފި އެވެ.

ކައުންސިލްގެ ރައީސް ކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ތައުފީޤް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހަސަން ތައުފީގު މަގާމުން އިސްތިއުފާ ދެއްވީ ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ކައުންސިލް ހިންގުމަށް ބުރޫ އެރުމުގެ ފުރުސަތު ނުދިނުމަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކައުންސިލްގެ ރައީސް ކަމަށް ރިޔާޒް އިންތިހާބު ކުރީ، އެ ކައުންސިލަށް ރައީސަކު އިންތިޚާބުކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި އެކައުންސިލްގެ ދެވަނަ ދައުރުގެ 56 ވަނަ ޖަލްސާގައި ނެގި ވޯޓުންނެވެ.ެ އެ ވޯޓުގައި ހަތަރު މެމްބަރުން ބައިވެރިވެވަޑައިގެންނެވި އިރު، ރިޔާޒް މަގާމަށް އިންތިހާބުވީ ހަތަރު މެމްބަރުންގެ ވޯޓާ ވެސް އެކު އެވެ. ވޯޓުގައި ބައިވެރިވެފައި ނުވަަނީ ހަސަން ތައުފީގެވެ.

ނޮޅިވަރަންފަރު ކައުންސިލުގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމްގެ ތިން ކައުންސިލަރުންނާއި އެމްޑީޕީގެ ދެ ކައުންސިލަރުންނެވެ.