ޑޮލަރު ވިއްކާ ރޭޓަށް ސަރުކާރުން ގެނައި ބަދަލު، ކުއްލި މައްސަލައެއްގެ ގޮތުގައި ޑީއާރުޕީން ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައިގެންފި އެވެ.

އެ މައްސަލަ ބަލައިގެންފައި ވަނީ 25 މެންބަރުންގެ އަޣުލަބިއްްޔަތުންނެވެ.

ޑޮލަރު މިހާތަނަށް ވިއްކަމުން އައި ރަސްމީ ރޭޓް، 12.85ރ. އަށް 20 ޕަސެންޓް އިތުރުކޮށް، ޑޮލަރެއްގެ އަގު 15.42ރ. އަށް ސަރުކާރުން އިއްޔެ ބޮޑު ކުރުމުން އެކަމުގައި ޑީއާރްޕީ ކޯލިޝަންއިން އަޅާނެ ފިޔަވަޅު ތަކާއި ގުޅޭގޮތުން ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ވައްދަނީ އެއްވެސް މަޝްވަރާކުރުމެއްނެތި ސަރުކާރުން ޑޮލަރުގެ އަގަށް ބަދަލު ގެނެސްފައިވާތީ އެކަމުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ އަތްމަތި ދަތިވާނެތީ ކަމަށެވެ.