16 Dec 2015, 11:02
މަޝްހޫރު މޮޑެލް އަދި 2004 ވަނަ އަހަރުގެ މިސް ޔުނިވާސް، ޖެނިފާ ހޮވްކިންސް ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.
އޭނާ ރާއްޖެ އައިސްފައި ވަނީ ފިރިމީހާ ޖޭކް ވޯލް އާއި އެކު އެވެ.
ޖެނިފާ ވަނީ އެދެމަފިރިން އެކުގައި ނަގާފައިވާ ފޮޓޯތަކާއި، ރާއްޖޭގެ ރީތި ކަން ދައްކުވައިދޭ ފޮޓޯތައް އިންސްޓާ ގްރާމްކޮށްފަ އެވެ.

ޖެނިފާ ހޮވްކިންސް އިންސްޓާގްރާމް ކޮށްފައިވާ ފޮޓޯއެއް ---
އެ ދެމަފިރިން ޗުއްޓީ ހޭދަ ކުރަމުން ދަނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ސާފުވެފައި ނުވާ އިރު، ރާއްޖެ އިން ފުރާނެ ދުވަހެއް ވެސް އަދި ސާފެއް ނުވެ އެވެ.

ޖެނިފާ ހޮވްކިންސް އިންސްޓާގްރާމް ކުރި ރާއްޖޭގެ އިރުއޮއްސޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ---
މިމަހު 22 ވަނަ ދުވަހު 32 އަހަރު ފުރޭ ޖެނިފާ ރާއްޖެ އައިސްފައި ވަނީ އޭނާ އުފަންދުވަސް ފާހަގަ ކުރަން ކަމަށް ބެލެވޭ ކަމަށް ހަބަރުތައް ބުނެ އެވެ.
ޖެނިފާ އަކީ މިސް ޔުނިވާސްއެއްގެ އިތުރުން، ޓީވީ ޕްރެޒެންޓަރެއް އަދި ބްރޭންޑް އެމްބަސެޑަރެއް ވެސް މެ އެވެ.