ޗެލްސީގެ ކުޅުންތެރިންނަށް އެ ކުލަބުން ދެމުން އަންނަ ބޮޑު މުސާރައާ އެއް ވަރަށް އެ ކުޅުންތެރިން މަސަތްކަތް ކުރަންޖެހޭ ކަމަށް ޗެލްސީގެ މިޑްފީލްޑަރު ސެސް ފެބްރިގާސް ބުނެފިއެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ލީގުގައި ލެސްޓާ ސިޓީ އަތުން ބަލިވެ ތާވަލުގެ 16 ވަނަ އަށް ޗެލްސީ ވެއްޓި ރެލިގޭޝަން ޒޯނާއި އެންމެ ޕޮއިންޓަކަށް ގާތަށް ޖެހިލާފައި ވަނިކޮށެވެ. އެ މެޗަށް ފަހު ޗެލްސީގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ އޭނާ ކުރަމުން އަންނަ މަސައްކަތް މުޅިން ބޭކާރު ވެފައިވާ ކަމަށެވެ.

ފެބްރިގާސް ބުނީ ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންނަށް ވަރަށް ބޮޑު މުސާރައެއް ދޭ ކަމަށާއި އެހެން ކަމުން އެ މުސާރަދޭ ކުޅުންތެރިން އެމުސާރަ ހައްގުވާ ވަރަށް ޓީމަށް މަސައްކަތް ކޮށްދޭންޖެހޭނެ ކަމަށެވެ.

"އަހަރެން މި ބުނަނީ ހުރިހާ މެޗެއް ގައި އެއް ވަރަކަށް ކުޅެވޭނެއެކޭ ނޫން. ބައެއް މެޗްތައް އަންނާނެ ދަށް ކޮށް ވެސް ކުޅެވޭ. އެކަމަކު ހުރިހާ މެޗެއް ގައި ދަށް ކޮށް ކުޅެވެން ފެށީމަ ޓީމް މިހާ ހިސާބަށް ގޮސްފައި މިވަނީ، ފެބްރިގާސް ބުންޏެވެ.

ފެބްރިގާސް ބުނީ ޓީމްގެ ބައެއް ކުޅުން ތެރިންގެ ފަރާތުން އަހްލާގީ ގޮތުން ފެންނަށް ނުޖޭހެ ވަރުގެ ދަށު ދަރަޖާގެ ކަންތައްތަށް ވެސް ފެންނަ ކަމަށާއި އެކަންތަށް ރަނގަޅު ކޮށްގެން ނޫން ގޮތަކަށް ކާމިޔާބީއާ ހަމައަށް ވާސިލް ނުވެވޭނެ ކަމަށެވެ.

"އަހަރެމެން ކުޅޭ މެޗެއްގައި އަބަދުވެސް ޖެހޭނެ އެންމެ މޮޅު ކުޅުންދެއްކޭތޯ މަސަތްކަތް ކުރަން. އަހްލާގީ ފެންވަރު ވެސް ބަހައްޓަންޖެހޭނީ ވަކި މިންގަޑެއްގައި. މިހާރު މި ފެންނަ ކަންތައްތައް ތަކުރާރުވެގެން ނުވާނެ،" ފެބްރިގާސް ބުންޏެވެ.

ފެބްރިގާސް އެހެން ބެނެފައިވާ އިރު މީގެ ކުރިން ޗެލްސީގެ ދަނޑުގައި އެ ޓީމް ޓޮޓެންހަމާއި ދެކޮޅަށް ކުޅުނު މެޗެއް ގައި ޑިއެގޯ ކޯސްޓާ ކުޅެން ނޭރުވުމުން އޭނާ ލައިގެން ހުރި ބިބް ވަނީ މޮރީނިއޯއާ ދިމާލަށް އެއްލާލާފައެވެ. ނަމަވެސް ފަހުން އެކަމާ ކޯސްޓާ ވަނީ މައާފަށް އެދި މޮރީނިއޯއާ އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައެވެ.