15 Dec 2015, 22:07
ޑްރައިވަރާއެކު ހުޅުމާލެ ފަޅުތެރެއަށް ޕިކަޕެއް މިރޭ ވެއްޓިއްޖެ އެވެ.
ހުޅުމާލެ ފަޅުތެރެއަށް ވެއްޓުނީ ހުޅުމާލޭގައި ޓެކްސީ ހިދުމަތުގައި ބޭނުން ކުރާ ޕިކަޕެކެވެ. އެ ހަދިސާގައި މޫދަށް ވެއްޓުނު ޑްރައިވަރަށް އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕިކަޕް މޫދަށް ވެއްޓުނީ ހުޅުމާލެއަށް މުދާ ބާލާ ސަރަހައްދު ޖެޓީއަށް ކައިރި ކުރަން އުޅެނިކޮށް ކަމަށެވެ. ޕިކަޕް ފަހަތަށް ޖައްސަން އުޅެނިކޮށް، ތޮށިގަނޑުން ކަހާލައި ކޮންޓްރޯލުން ނެއްޓިގެން ގޮސް މޫދަށް ވެއްޓުނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ފަހަތަށް ޖައްސަން އުޅެނިކޮށް، ތޮށިގަނޑުން ކަހާލައިގެންގޮސް ކޮންޓްރޯލު ނުވެގެން ގޮސް ވެއްޓުނީ. ޑްރައިވަރާއެކު ވެއްޓުނު ކަމަށް މައުލުމާތު ލިބެނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލެ ފަޅުތެރެއަށް ވެެއްޓުނު ޕިކަޕް މިހާރު ވަނީ ނަގާފަ އެވެ.