15 Dec 2015, 21:19
ރާއްޖެއަށް ދެމުން އަންނަ އިންޓަނެޓްގެ ހިދުމަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް މުވާސަލާތީ ކުންފުނި، އުރީދޫ އިން ރާއްޖޭގައި ސަބްމެރިން ކޭބަލެއް އަޅަން ނިންމައިފި އެވެ.
ޓެލެކޮމް ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހުވާއީ ކުންފުންޏާ ގުޅިގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް 12000 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލެއް އަޅާނެ އެވެ.
ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އުރީދޫގެ ސީއީއޯގެ ވިކްރަމް ސިންހަ ގެ އިތުރުން ހުވާއީ ކުންފުނީގެ އިސްވެރިންނެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ފައިބާ ސަބްމެރިން ކޭބަލް މެދުވެރިކޮށް ދެވޭ އިންޓަނެޓްގެ ހިދުމަތަކީ މިހާރު ރާއްޖެއަށް ކޮންމެހެން ބޭނުން ޖެހިފައިވާ ކަމެއް ކަމަށެވެ.
ވިކްރަމް ވިދާޅުވީ އެ ޕްރޮޖެކްޓް 2016 ވަނަ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ.