ރަންދިހަފަހެއް ސީރީޒްގެ ހަނދާނީ ނޫޓު ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމަށް މިއަދު ހަދިޔާ ކޮށްފި އެވެ.

ރަންދިހަ ފަހެއް ސީރީޒްގެ ހަނދާނީ ނޫޓު މެޑަމް ފާތުންނަށް ހަދިޔާ ކޮށްދެއްވީ އެކަމަށް ޓަކައި މުލިއާގޭގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޒީމާ އާދަމް އެވެ.

އެ ރަސްމިއްޔާތުގައި ގަވަރުނަރު ވަނީ ރަންދިހަ ފަހެއް ސީރީޒާ ބެހޭ މައުލޫމާތު މެޑަމް ފާތުންނާ ހިއްސާ ކުރައްވައިފަ އެވެ.