15 Dec 2015, 11:46
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސީނިއާ ޕޮލިސީ އެގްޒެކަޓިވް މަގާމު އުފައްދަވައި، ގިނައަދަދެއްގެ ޑެޕިއުޓީ މިނިސްޓަރުން އެ މަގާމަށް ބަދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ އެ ބަދަލާ އެކު މިނިސްޓްރީތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މަގާމު ފުރުއްވާ ބޭފުޅުން ކުރައްވާނީ ޕޮލިސީ ލެވެލްގެ މަސައްކަތް ކަމަށެވެ.
އެ މަގާމަށް އަލަށް ބޭފުޅުން އައްޔަން ކުރެއްވީ ނޫންކަމަށާއި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް އެ މަގާމަށް ބަދަލު ކުރެއްވީ ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.
"އެހެންވުމުން މަތިބަރެއް ނުވާނެ ދެއްތޯ. މިހާރުވެސް ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ މަގާމަށް ބަދަލުކުރެއްވީ،" މުއާޒު ވިދާޅުވިއެވެ.